ސިންގަޕޫރަށް ކޮވިޑްގެ އާ އާރާޅެއް އަރައި ކޮވިޑުގެ ހާލަތު ގޯސްވާން ފަށައިފިއެވެ،
ސިންގަޕޫރުގެ ހެލްތު މިނިސްޓަރު އޮން ޔެ ކުންގް ވިދާޅުވީ އެ ގައުމަށް ކޮވިޑްގެ އާރާޅެއް އަރާފައިވާ ކަމަށެވެ. އަދި މީގެ ތިން ހަފުތާ ކުރިން ކޮވިޑު ޖެހޭ ނިސްބަތް ދުވާލަކު 1000 އަށް އެރި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ދެހާހެއްހައި މީހުން ކޮވިޑަށް ފައްސިވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ސިންގަޕޫރުގައި ކޮވިޑްގެ އާ ދެވޭރިއަންޓެއް ފެތުރެމުންދާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ. އެއީ އޮމިކްރޯމް ވޭރިއަންޓާ ގުޅޭ އާ ވޭރިއަންޓްތަކެއް ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
ކޮވިޑްގެ އާ ރާޅެއް އަރައި ގިނަ ބަޔަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދޭން ޖެހިފައި ވީނަމަވެސް އެ ގައުމުން ކޮވިޑާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް މިނިސްޓަރު އޮން ވަނީ ފާހަގަކުރައްވައިފައެވެ.
ސިންގަޕޫރުގެ ހެލްތު މިނިސްޓަރު އޮން ވަނީ މިފަހަރު ކޮވިޑު ބަލަން ނިންމާފައިވަނީ އާންމު ރޯގާއެއްގެ ގޮތަށް ކަމުން އެއާއި އެކު އުޅެން ޖެހިފައިވާ ރޯގާއެއް ކަމަށް އެގައުމުން މީގެ ކުރިން ކަނޑައަޅާފައިވާ ގޮތަށް އަމަލު ކުރުމަށް ގޮވާލައްވައިފައެވެ.

