އެމްޑީޕީ ސަރުކާރުން ކޮށްފައިވާ ވައްކަމާއި ކޮރަޕްޝަންގެ ކަންކަން ބެލެންޖެހޭނެ ކަމަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާާސް ލަބީބް އެކްސްގައި ވިދާޅުވީ ޑިމޮކްރެޓްސްގެ އަކީ އަބަދުވެސް ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު ބައެއް ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން ގޯސްކޮށް ކަމެެއް ކޮށްފައިވާނަމަ އެކަންކަން ބަލައި ތަހުގީގު ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮވިޑް ދުވަސްވަރު ވެންޓިލޭޓަރު ގަތުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވެސް މީގެ ކުރިން ބުނެފައިވެއެވެ.
އަދި ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށާއި މަސައްކަތް ކުރުމަށްފަހު ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިނުވާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރެވެމުންނެވެ.

