ހިޔާ ފްލެޓުގެ 12 ވަނަ ބުރީ ބެލްކަނިން ވެއްޓި ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކުއްޖާ ވެއްޓިފައިވަނީ އެޗް-6 ގެ 12 ވަނަ ބުރިން ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 11:58 އެހާކަންހާއިރު ކަމަށްވެސް ބުންޏެވެ.
އުމުރުން 15 އަހަރުގެ އެ ފިރިހެން ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 12:42 ގައި ވަނީ ނިޔާވެފައެވެ. އަދި އެކަން ޑޮކްޓަރުންވެސް ކަށަވަރު ކޮށްދެއްވާފައެވެ.

ނިޔާވި ހއ ދިއްދޫ ސަމަންވިލާ، 15 އަހަރުގެ މުހައްމަދު އައިހަމް އިސްމާއީލެ
ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
ކުއްޖާ ވެއްޓުނު ސަރަހައްދުގައި ތިބި ބައެއް އާންމުން ބުނި ގޮތުގައި ކުއްޖާގެ ބޯ ފަޅައިގެން ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި އެއް އަތްވެސް އޮތީ ވަކިވެފަ އެވެ. ނަމަވެސް އެކަން އަދި ކަށަވަރުވާ ގޮތެއް ނުވެ އެވެ.
ހިޔާފްލެޓުގެ ޓަވަރ6 ގެ 12 ވަނަ ފަންގިފިލާ ބެލްކަނިން ވެއްޓި ނިޔާވެފައި ވަނީ ހއ ދިއްދޫ ސަމަންވިލާ، 15 އަހަރުގެ މުހައްމަދު އައިހަމް އިސްމާއީލެވެ. ކުއްޖާގެ އާއިލާގެ ފަރާތަކުން ބުނި ގޮތުގައި ކުއްޖާ ފުންމާލީ ގަސްތުގައެވެ. އެހެންނަމަވެސް މިކަމުގެ އަދި ސީދާ މައުލޫމާތެއް ލިބިފައެއް ނުވެއެވެ،

