އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މަޖިލިސް ވަޓްސްއެޕް ގުރޫޕުގައި ކުރެއްވި މެސެޖަކަށް ކުރެއްވި ރިޕްލައިއެއްގައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތްކަމުގެ އެންމެ މައްސަލައެއް ކަމަށެވެ. އެހެންކަމުން މިދިޔަ ދައުރުގައި ހުށަހެޅުމަށް ފަހު މި ދައުރުގައި އަނބުރާ ގެންގޮސްފައިވާ މައްސަލައެއް އަލުން ހުށަަހެޅުން މަޖިލީހަށް ބަލައިގަތުންވާނީ ދަތިކަމަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށް އަނބުރައި ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މި ކަން ވާނީ،” އެ މަނިކުފާނު ފޮނުއްވި މެސެޖުގައިވެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕީޖީން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އަލުން ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެކަމަށް މައުލޫމާތު ލިބެއެވެ.

