ރާއްޖޭގައި އުފެދުނު މަޝްހޫރުއެއް ލަވަކިޔުންތެރިޔާ ގދ ތިނަދޫ ސްޓާލިން/ މަރިޔަމްދީދީ ( ލޯފަން މަރިޔަމްދީދީ) 73އ ނިޔާވެއްޖެ އެވެ.
މަރިންދީދީ ނިޔާވީ މިރޭގެ ވަގުތެއްގައެވެ. މަރިންދީދީ ނިޔާވިއިރު އުމުރަކީ 73 އަހަރެވެ.
މަރިންދީދީ ނިޔާވެފައިވާކަން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ މިނޫހަށް ކަށަވަރުކޮށްދީފައިވެއެވެ.
މާތް ﷲ މަރިޔަންދައްތަގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން

