ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ފެށި އޮޕަރޭޝަންގައި މަރާލި އިސްރާއީލް މީހުންގެ އަދަދު 1000 އައި ގާތަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން މިހާތަނަށް 700 އަށް ވުރެ ގިނަ އިޒްރާއީލު މީހުން ވަނީ މަރާލާ ފައެވެ.
ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނު ހަމަލާތައް ދޭން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް މީހުންނަށް ދެމުން އައި ހަމަލާ ތަހައްމަލު ކުރުމަށްފަހުއެވެ.
އެޖަމާއަތުން ބުނި ގޮތުގައި މިފަހަރުގެ ހަމަލާތަކުގައި އިސްރާއީލަށް ކާމިޔާބެއް ނުލިބޭނެއެވެ. އަދި އެ ފަސްގަނޑުން އިސްރާއީލްގެ މީހުން ބޭރު ކޮށްލާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ހަމާސް ޖަމާއަތުން އަންނަނީ ޔަހޫދީންނަށް އަމާޒުކޮށް، އެކި ގޮތް ގޮތަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ވައިގެ މަގުންނާއި އެއްގަމުގެ އިތުރުން ކަނޑުގެ މަގުން ވެސް ހަމާސް ޖަމާއަތުން އަންނަނީ ހަމަލާ ދެމުންނެވެ.
މީގެ އިތުރުން ވެސް ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ވަދެ ހަމަލާދޭން ފަށާފައެވެ.

