ހަމަލާތައް މެދުކަނޑާލުމާމެދު މަޝްވަރާ ކުރުމަށް ތައްޔާރުކަން ހަމާސްއިން ހާމަކޮށްފިއެވެ.
ހަމާސް އިން މިކަން ހާމަކޮށްފައި ވަނީ އަލްޖަޒީރާއަށް ދިން ބަސްދީގަތުމެއްގައެވެ.
އަލްޖަޒީރާއަށް ބަސްދީގަތުމެއް ދެމުން، ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ މޫސާ އަބޫ މަރްޒޫކް ބުނީ ހަމާސްގެ އަމާޒަކަށް ހަމާސަށް ވާސިލުވެވިފައިވާކަމަށެވެ. އަދި ހަމަލާތައް މެދުކަނޑާލުމާއި އަދި މަޝްވަރާތަކަށް ދިއުމަށް ހަމާސް އިތީ ތައްޔާރަށްކަމަށެވެ.
އަލްޖަޒީރާއަށް ދިން މި އިންޓަވިއުގައި މޫސާ އިތުރުކަމެއްވެސް ފާހަގަކުރިއެވެ. އެއީ ޑުއަލް ސިޓިޒަންޝިޕް ޕާސްޕޯޓް ގެންގުޅޭ އިޒްރޭލުގެ ދިހަ މީހަކުވެސް ރަހީނުކޮށްފައިވާ ވާހަކައެވެ. އޭގެ ތެރޭގައި ރަޝިޔާ، އަދި ޗައިނާގެ ޑުއަލް ސިޓިޒަންޝިޕްގެ އިޒްރޭލު ރައްޔިތުން ހިމެނޭކަމަށް މޫސާ ވަނީ ހާމަކޮށްފައެވެ.
ހަމާސްއިން ހަމަލާތައް ހުއްޓާލުމަށް ތައްޔާރުކަމަށް ނުވަތަ މަޝްވަރާތަކަށް ތައްޔާރުކަމަށް އިއުލާނުކުރި އިރު އިޒްރޭލުން މިހާރު އަންނަނީ އާންމުންނަށް ބެލުމެއްނެތި ގާޒާއަށް ހަމަލާތައް އަމާޒު ކުރަމުންނެވެ.
އެންމެ ފަހުގެ އަދާހަމަތަކަށް ބަލާލާއިރު މި ހަމަލާބަދަލުކުރުންތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 900 އިން މައްޗަށް އަދި ފަލަސްތީނުން މަރުވި މީހުންގެ އަދަދު ވަނީ 700 އާއި ގާތްކޮށްފައެވެ.

