އެމްއެންޑީއެފްގެ ހުޅުމާލޭ މަރުކަޒަށް ދުއްވާފައިދިޔަ ކާރެއް ފުރޮޅާލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 06:30 ހާއިރު އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ކާރު ފުރޮޅާލީ ވިއްސާރަވުމުގެ ސަބަބުން ކަހާލައިގެން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ކާރު ދަތުރު ކުރަމުން ދިޔައީ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރާ ހަލި މަގުގެ އަރިމަތީގައި އޮންނަ މަގުގައެވެ.
އެ އެކްސިޑެންޓުގައި ފުރޮޅާލި ކާރު އިތުރު އެއްވެސް ވެހިކަލެއްގައި ޖެހިފައެއް ނުވި ނަމަވެސް، އެސަރަހައްދުގައި ޖަހާފައި ހުރި ފެންސެއްގައި ކާރު ޖެހުމުގެ ސަބަބުން ފެންސަށް ގެއްލުން ލިިބިފައިވެއެވެ.

