ވެރިކަން ބަދަލުވާ މަރުހަލާގައި މަގާމް ތަކަށް އިތުރު މީހުން ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން އަމުރެއް ނެރެދޭންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
އިންތިޤާލީ މަރުހަލާ ފަށައިގެން މިހާރު ކުރިއަށް ގެންދާއިރު، ސަރުކާރުން މި ވަގުތު ހަތް ކަމެއް މަޑުޖައްސާލަން އެދިވަޑައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މިމަހު 5 ވަނަ ދުވަހު ވަނީ ފޮނުއްވާފައެވެ.
އިއްޔެ އަޅުގަނޑުމެންނަށް ސިޓީ ލިބުން އެއީ ޑިމޮކްރެޓިކް ގައުމު ތަކުގައި، އަދި އެހެން ކުރި އަރާފައިވާ ގައުމު ތަކުގައި ކަންކުރާ ގޮތެއް ނޫން. އިންތިޚާބަކުން ބަލިވީމާ ދެން އޮންނާނީ ވެރިކަން ފޮރޮޅާލުމުގެ ފަސޭހަތަށް ދެން އޮތް ފަރާތަކަށް ދިނުން.”
އެގޮތުން އެދިލެއްވި ކަންކަމުގެ ތެރޭގައި، ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަޤާމުގެ ކުރިއެރުން ނުދިނުން ހިމެނެއެވެ.
ޢާޒިމްގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވެސް ވަނީ އައު ސަފީރުން ނަގާތީ އެކަމާއި މެދު ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ރިޔާސީ ނިޒާމެއްގައި އެފަދައިން ކަންކަން ނުކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

