އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާދެމުން ހިގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް އިސްރާއީލުގެ 1،200 މީހުން މަރާލާއި ގިނަ ބަޔަކު ރަހީނުކޮށްފި އެވެ.
މިހަމަލާތަކަށްފަހު ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުގެ ގިނަ އަދަދެއްގެ މީހުން ރަހީންވެސް ކޮށްފައެވެ. ހަމާސް ޖަމާއަތުން އިންޒާރު ކޮށްފައިވަނީ، އިސްރާއީލުގެ އަސްކަރިއްޔާއިން ގާޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގެ ތެރެއިން، ކުރިން އިންޒާރު ދިނުމަކާނުލާ ދޭ ބޮމުގެ ކޮންމެ ހަމަލާއަކަށް، ހަމާސްއިން ރަހީން ކޮށްފައިވާ ހޮސްޓެޖުންގެ ތެރެއިން މީހަކު މަރާލާނެ ކަމުގައެވެ.
ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު، އިސްރާއީލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކާއެކު، ޣައްޒާގެ އުތުރުގެ އަވަށެއް ކަމަށްވާ އަލް ކަރަމާގެ އިމާރާތްތައް ބިމާއި ހަމަކޮށްފައިވާއިރު، އަލްޖަޒީރާއަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދަށް ސިއްހީ އެހީދޭ ފަރާތްތަކަށް މިހާރު ނުވަދެއެވެ.
އަދި މިހަނގުރާމަ ފަސްވަނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު،، ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 900 އަށް އަރާފައިވާއިރު، އިޒްރޭލުން މަރުވި މީހުންގެ އަދަދުވެސް ވަނީ 1200 އަށް އަރާފައެވެ. ޣައްޒާގައި 260،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާއިރު، އދ. އެ ސިޓީގައި ގާއިމްކޮށްފައިވާ 88 ސްކޫލެއްގައި 175،000 އަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ދަނީ ހޯދަމުންނެވެ. އަދި އިސްރާއީލުން މެދުނުކެނޑި ދެމުންދާ ވައިގެ ހަމަލާތަކާއެކު މި އަދަދުތައް ދަނީ އިތުރުވަމުންކަމުގައި ރަސްމީ ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.
އޭގެ އިތުރުން ޣައްޒާގެ ދެކުނުގެ ރަފާހް ކްރޮސިންއިން މިސްރުގެ ބޯޑަރު ސަރަހައްދަށްވެސް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފައިވާއިރު، ފަލަސްތީނުގެ އެތައް ހާސް ބަޔަކު އެ ސަރަހައްދު ދޫކޮށް ދިއުމަށް އިޒްރޭލުން އިންޒާރު ދީފައިވެއެވެ.

