ކުޗް ކުޗް ހޯތާ ހޭގެ 25 ވަނަ އަހަރީ ދުވަހުގެ ހާއްސަ ސްކްރީނިން ޓިކެޓް، 25 ރުޕީސް އަށް ޓިކެޓެއް ކަމަށް ހުޅުވާލުމާއެކު 25 މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓްތައް ވިކި ހުސްވެއްޖެއެވެ.
އިންޑިއާގެ ސިނަމާގެ އެންމެ މޮޅު އެއް ފިލްމު ކަމަށްވާ "ކުޗް ކުޗް ހޯތާ ހޭ" ރިލީޒްކުރީ 16 އޮކްޓޯބަރު 1998 ގަ އެވެ. ތިނެސްކަން މި ލޯބީގެ ވާހަކައަށް 25 އަހަރު ފުރުމުގެ އުފާވެރިކަން ބެލުންތެރިންނާއެކު ހިއްސާ ކޮށްލުމަށް ދަރްމާ ޕްރޮޑަކްޝަނުން ވަނީ ނިންމާފައެވެ.
އެހެންކަމުން ކުންފުނީގެ އެންމެ ވަރުގަދަ އެއްހިޓް ފިލްމުގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ގަސްދުކޮށްފައިވާ ގޮތަށް، މިރޭ 7:00 ހާއިރު ޕްރޮޑަކްޝަން ހައުސްގެ ސޯޝަލް މީޑިއާ ހޭންޑްލް އިން ވަނީ އޮކްޓޯބަރު 15 ވާ އާދީއްތަ ދުވަހު ފިލްމުގެ ހާއްސަ ސްކްރީނިންއެއް ބާއްވާނެ ކަމަށް ބުނެފައެވެ. ހަމަ ބުކިން ހުޅުވާލުމާއެކުހެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ޓިކެޓް ވިކި ޝޯތައް ފުލްވެއްޖެއެވެ.

އޭރުގެ 8އަހަރުގެ އަންޖަލީ މިއަދު 25އަހަރު ފަހުން ޒުވާން ރީތި މޮޑެލްއެއް
އެންމެ ހާއްސަކޮށް ފާހަގަކޮށްލެވުނު ކަމަކީ ޓިކެޓުގެ އަގަކީ އެންމެ 25 ރުޕީސް ކަމަށްވުމެވެ. އެއީ ފިލްމަށް 25 އަހަރު ފުރޭ ދުވަހަކަށް ވާތީ ކަމަށް ވެދާނެ އެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް މުމްބާއީގެ ޕީވީއާރް އައިކަން ވާސޯވާގައި، 7:00 އާއި 7:15 އާދެމެދު، "ކުޗް ކުޗް ހޯތާ ހޭ" ގެ ޝޯގެ ޓިކެޓް ވިއްކާލީ 25 މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
އެންމެ 25 ރުޕީސް އަށް މި ފިލްމު ބަލާލަން ލިބޭނީ ވަރަށް ހިތްގައިމު މަލްޓިޕްލެކްސްއެއްގައި ކަމަށްވެއެވެ. މިއީ ފިލްމު ބަލާ މީހުންނަށް ގަބޫލު ނުކުރެވޭ ވަރުގެ ކަމެކެވެ. މީގެ އިތުރުން މި ފިލްމަކީ ހިތްގައިމު އަދި "ވަގުތު ދާ ގޮތް ނޭނގޭ" ވަރުގެ ފިލްމެކެވެ.

"ތުސީޖާރަހިހޯ. ތުސީ މަތުޖާއޮ" މިއަދުވެސް މަޝްހޫރު ޑައިލޮގެއް…ފިލްމުގައި ތަރިގުނާ ކުޑަކުއްޖާ އަކީ މިއަދު ޒުވާނަކަސް އަދިވެސް މީހުަނަށް އެނގެނީ ހަމަ އެގޮތަށް
1998 ވަނަ އަހަރު ރިލީޒް ކުރި މި ފިލްމު ރިލީޒްކުރިއިރު މިހާރު ފިލްމު ބަލާ ގިނަ މީހުންނަކީ ވަރަށް ކުޑަކުދިންނެވެ. ނުވަތަ ބައެއް ބެލުންތެރިން އޭރު އަދި އުފަންވެސް ނުވެއެވެ. އެހެންކަމުން އޭގެ ތެރެއިން ފިލްމު ބޮޑުސްކްރީނުގައި ބެލި މީހުންވެސް ހަނދާނެއް ނުހުންނާނެއެވެ.

ތިންއެކުވެރިންގެ ރަހްމަތްތެރިކަމުގެ ފަހަތުގައި އޮތީ ފުންލޯތްބެއް

މިފިލްމަށްފަހު ބެސްޓްފްރެންޑްލަވް ވެސް މަޝްހޫރުވި
ނޫނީ ބައެއް މީހުންނަށް ބޮޑު ސްކްރީނުން "ކުޗްކުޗްހޯތާހޭ" ބެލުމުގެ އިހްސާސް ކުރެވިފައި ނޯންނާނެއެވެ.
ހަމައެހެންމެ ފިލްމުގެ ކާސްޓުން، ކާޖޮލް، ރާނީ، ޝާހް، ސަލްމާން، ޑައިރެކްޓާރ ކަރަންޖޯހަރާ އޮންނަ ގާތްގުޅުމާއި މިހިސާބަށް އެމީހުންގެ ގާތްކަން އޮންނަ މިންވަރު ފެންނަމުން ދިއުމަކީވެސް މި ޝޯވތައް ފުލްވުމުގެ ސަބަބެކެވެ.

ހާއްސަ ފެނިލުމަކުން ސަލްމާން ފެނުނަސް އެރޯލުވެސް އެހާ ފުރިހަމަ
"އެހެން ނަމަވެސް ކުޗް ކުޗް ހޯތާ ހޭ އަލުން ރިލީޒްކުރުމާ އެކު އެފަދަ ރިސެޕްޝަނެއް ލިބޭނެ ކަމަށް އެއްވެސް މީހަކު އުއްމީދެއް ނުކުރޭ." ދަރްމާ ޕްރޮޑަކްޝަނުން ތިބީ ހަގީގަތުގައިވެސް ހައިރާންވެފައެވެ. މިފަދަ ޝޯވއެއް އޮންނާނެކަމުގެ އެއްވެސް އިޝާރާތެއް ކޮށްފައިނުވާއިރު ކުއްލިއަކަށް ބުކިން ފެށުނު ނަމަވެސް ލިބުނު ތަރުހީބަކީ ހަމަ ރަނގަޅަށްވެސް ވަރަށްބޮޑަށް ހައިރާންކުރުވި އުފަލެއް ކަމަށް ދަރްމާޕްރޮޑަކްޝަނުން ބުންޏެވެ.

ފިލްމުގެ ކޮންމެ ސީންއެއްވެސް އެހާ ހަނދާނުން ފޮހެލަން ދަތި
އެހެން ފަރާތަކުން ބުނި ގޮތުގައި ކުޗް ކުޗް ހޯތާ ހޭގެ އިތުރު ޝޯއެއް އެ ތިއޭޓަރުގައި އަދި ބާއްވަން ޖެހިދާނެއެވެ. އަދި ކުޗް ކުޗް ހޯތާ ހޭގެ އިތުރު ޝޯތައް ހަމައެކަނި އެހެން ޕީވީއާރް ސިނަމާތަކުގައި ނޫނީ އެހެން ސިޓީތަކުގައި ވެސް އެޅުވޭތޯ ބަލަން ޖެހޭކަމަށްވެސް ދަރްމާއިން ބުންޏެވެ.
ކުޗް ކުޗް ހޯތާ ހޭ އަކީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފުރަތަމަ ފިލްމެވެ.

ފިލްމުގެ މި މަންޒަރަކީ އެންމެ މޮޅު އެންމެ އަސަރުކުރުވަނިވި މަންޒަރުކަމަށް އަދިވެސް ހިމެނޭ އެއްސީން
މިއީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. މަރުހޫމު މަންމައެއްގެ އުއްމީދުތައް ފުރިހަމަކޮށްދިނުމަށްޓަކައި އަށް އަހަރުގެ ކުޑަ އަންހެންދަރިފުޅަކު، އޭނާގެ ބައްޕަގެ ގެއްލިފައިވާ ބެސްޓްފްރެންޑް ހޯދައިދީ، އަދި އެދެއެކުވެރިންގެ ފުރިހަމަނުވެ އޮތް ހަގީގީ ލޯބި ފުރިހަމަކޮށްދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މިފިލްމުގެ ކޮންމެ މަންޒަރަކީވެސް އެހާމެ އަސަރުކުރުވާ މަންޒަރެކެވެ.
ފިލްމުގެ ނިމޭ ފަހު ސީންގައި ކާޖޮލްގެ ބޮޑުލޮލުގައި ހަރުލާފައި ހުންނަ ކަރުނައާއެކު ޝާހުރުކްއާދިމައަށް އެނބުރިލާ މަންޒަރަކީ މިހާތަނަށް އެންމެ ގިނަ މީހުންްނަށް އެންމެ އަސަރުކުރުވި އެއް މަންޒަރުކަމަށްވެއެވެ.

