ހއ ދިއްދޫ ނެރުމަށްޗަށް ލޯންޗެއް އަރައި ގިނަ ބަޔަކު ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ރަށު ނެރުމައްޗަށް ލޯންޗެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 7:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި ލޯންޗުގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗުގައި ތިބި ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ އެބަގެންދެއެވެ
އެނގިފައިވާ ގޮތުގައި ނެރު މައްޗަށް އެރި ލޯންޗުގައި 10 މީހުން ތިއްބެވެ.

