ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކަ ކޯޕަރޭޝަންގައި ކަމަށް ބުނެފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ މުވައްޒަފުންގެ ޖުމްލަ 7،379 އަށް އަރައެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާ އިރު 62 ޕަސެންޓު އިތުރުވުމެކެވެ. އެ އަގަރުގެ ނޮބެމްބަރު މަހުގެ 17 ގައި ރައީސްކަމާ ހަވާލުވެވައިގަތުމުގެ ކުރިން ފެނަކައިގައި ތިބީ ޖުމްލަ 2,756 މުވައްޒަފުންނެވެ. ސަރުކާރުގެ ކުންފުނި ތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކަ ތިބި ކުންފުންޏަކީ އެވެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ، އެމްޓީސީސީގަ އެވެ. ރިޕޯޓުތައް ދައްކަ ގޮތުން މި އަހަރުގެ މާޗް މަހާ ހަމައަށް އެ ކުންފުނީގައި 4,115 މުވައްޒަފުން އެބަތިއްބެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިފަމުން މިދާ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 13,900 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓްތައް ދައްކާ އިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ޖުމްލަ 32،576 އަށް އަރާ ކަމުގައި ޕީބީސީން ބުނެފައި ވެއެވެ.
ނިމިގެން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު ގެ ސަރުކާރުން ވަރަށް ގިނަ އަދަދަކަށް މީހުން އެއްވެސް މަސައްކަތެއް މަސްއޫލިއްޔަތެއް ނެތި މުވައްޒަފުންގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ނަގާފައި ވެއެވެ. އެގޮތުން 5 މީހުން ލައިގެން ހިނގޭ އިންޖީނުގެއަކަށް 80 މީހުން ނަގާފައިވާ ކަމަށް ވެއެވެ.

