ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު ގެންނަން ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.
އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ފުޓްބޯޅަ އާއިލާގެ ގިނަ އަޑު އުފުލަން ފަށާފައިވާ ދަނޑިވަޅެއްގައި
"ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ފޭސްބުކްގައި މިއަދު ކެމްޕެއިނެއް ފަށާފައިވާއިރު، މިއީ ކޮން ބަޔަކު އިސްވެ ތިބެ ކުރާކަމެއް ކަމަށް އަދި ނޭނގެއެވެ .

ދަގަނޑޭ ފޯ އެފްއޭއެމް" އާ ގުޅޭ ގޮތުން ދަގަނޑޭ އަދި މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ނަން ހާމަ ކުރަން ނޭދޭ ފުޓްބޯޅަ ފެމިލީގެ އިސް މީހަކު ސީއެންއެމް އަށް މައުލޫމާތު ދެމުން ބުނެފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވަނީއަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ބައްސާމާ ދެކޮޅަށް، ދަގަނޑޭގެ ވަރަށް ގާތް މީހުން ޓީމެއް ހަދައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދިވެހި ފުޓްބޯޅަ ވަނީ މިހާރުގެ ރައީސް ބައްސާމުގެ ރިޔާސަތުގައި މިއިން ދުވަހަކު ނުވެއްޓޭ ލެވެލްއަށް ދަށަށް ވެއްޓިފައެވެ. އަދި މާލީ ގޮތުން އެފްއޭއެމް މިއަދުވަނީ ބޮޑު އަދަވަޅަކަށް ވެއްޓިފައެވެ.

