އެކަނި މަހަށް ނިކުމެ އުޅުނިކޮށް އިއްޔެ ގެއްލުނު އދ.ދަނގެތީ، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް (ޔޫސުންބެ) ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުން ފަށައިފިއެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔޫސުފް އިއްޔެ މަހަށް ނުކުމެ އުޅުނު ދޯނި ފެނިފައިވަނީ ވެލިނަގަން ގޮސްއުޅުނު ބަޔަކަށެވެ. އަދި އެމީހުންނަށް ދޯނި ފެނުނު އިރު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށާ، އަދި ދޯންޏަށް އަރައި ބެލި ބެލުމުން އޭގައި ހުރިހާ އެއްޗެއް ހުރިކަމަށް ވެސް ބުންޏެވެ.
ޔޫސުފް ގެއްލެން މެދުވެރިވި ވަކި ސަބަބެއް ނޭނގުނު ނަމަވެސް، އޭނާ އަކީ ދޯނި ދުއްވަން ހުއްޓައިވެސް، ނިދި ޖެހިގެން މޫދަށް ވެއްޓި، ނޫނީ ދޯނި ފަރަށް އެރުން ފަދަ ކަންކަން މީގެ ކުރިންވެސް ދިމާވެފައިވާ މީހެއް ކަން އެރަށު މީހުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކަނޑަށް ވެއްޓެން މެދުވެރިވި ސަބަބަކީ ނިދުން ކަމުގައި ވުންވެސް އެކަށީގެންވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

