އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ މިލިއަނަށްވުރެ ގިނަ މީހުން އެ ސަރަހައްދުން ހުސްކުރުމަށާއި ވަށާލާފައިވާ އެންކްލޭވްގެ ދެކުނުން ދިއުމަށް އަނެއްކާވެސް އަންގައިފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޖޮނަތަން ކޮންރިކަސް އާދީއްތަ ދުވަހުގެ ހެނދުނު 7:00 ގައި ސޯޝަލް މީޑިއާއަށް އާންމު ކުރި ވީޑިއޯއެއްގައި ވަނީ “އަހަރެމެންގެ އަޑު އަހައިގެން ދެކުނުކޮޅަށް ދާށެވެ!” މިހެން ބުނެފައެވެ. ކޮންރިކަސް ވަނީ ޣައްޒާގެ އުތުރުގެ ރައްޔިތުންނާއި ޣައްޒާ ސިޓީގެ އިތުރުން އުތުރުގެ ހުރިހާ ދިމާއަކަށް އިންޒާރު ދެއްވާފައެވެ.
“މި ބުނަނީ މިތަނުގައި އަސްކަރީ ބޮޑެތި ހަރަކާތްތަކެއް ހިންގާނެ ވާހަަކަ، އަމިއްލަ ސަލާމަތަށްޓަކައި އާންމުން ހުސްކުރުމަށް އިލްތިމާސް ކުރަން،” ކޮންރިކަސް ވިދާޅުވިއެވެ.
އަދި މިދިޔަ ހޮނިހިރު ދުވަހު ދެކުނުން ފިލައިގެން ދިޔަ އާންމުންގެ ގާފިލާއަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް ބުނާ ވާހަކަތައް ވެސް ކޮންރިކަސް ވަނީ ދޮގު ކޮށްފައެވެ.
ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސްގެ ޕެރަމިލިޓަރީ ހަތިޔާރުން އިސްރާއީލަށް ކުއްލި ހަމަލާއެއް ދޭން ފެށުމުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޣައްޒާއަށް ދަނީ އިސްރާއީލުގެ ހަމަލަތައް ކެނޑިނޭޅި ދެމުންނެވެ.

