އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުންނާއި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދިން ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 500 އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު، މެދުއިރުމައްޗާއި އެނޫން ވެސް ގައުމުތަކުގައި ވަނީ އެކަން ކުށްވެރިކޮށް ރުޅިވެރިކަން ފާޅުކޮށްފައެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ހޮސްޕިޓަލަކަށް އަމާޒުކުރުމަކީ ބަލައިގަނެވޭނެ ފަދަ ނުރައްކާތެރި ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އެހެން އެއްވެސް ކަމަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އިޒްރޭލުން ވަނީ ރަތް ކުލައިގެ ހުރިހާ ލައިންތަކެއް ފަހަނައަޅައި ގޮސްފަ.އެތަނުން ނުކުތުމުގެ ފުރުސަތެއް ވެސް އަދި އެއްވެސް މީހަކަށް ފުރުސަތެއް ވެސް ނުދޭނަން،” އޭނާ ވިދާޅުވި އެވެ.
ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ބޮން ގޮއްވާލައި އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލައި އިސްރާއީލު ސިފައިން ހިންގި “ބޮޑު ޖަރީމާ” ސައުދީ އަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ނުރައްކާތެރި ތަރައްގީގެ ސަބަބުން އިސްރާއީލުގެ ޖިނާއީ އަމަލުތަކަށް ބަލާއިރު ބައިނަލްއަގްވާމީ އިންސާނީ ގާނޫނު ތަންފީޒު ކުރުމުގައި ދެފުށް ފެންނަ މިންގަނޑުތަކާއި ސިލެކްޓިވިޓީ ދޫކޮށްލަން ބައިނަލްއަގުވާމީ މުޖުތަމައުއަށް މަޖުބޫރުވެ އެވެ. ދިފާއު ނެތް އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސީރިއަސް އަދި ހަރުދަނާ ސްޓޭންޑެއް ގެންގުޅެން ޖެހޭ،” ބަޔާނުގައި ވެ އެވެ
ޤަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ވަށާލާފައިވާ ޣައްޒާގެ އަލް އަހްލީ ބަޕްޓިސްޓް ހޮސްޕިޓަލަށް އިސްރާއީލުން ދިން ނުރައްކާތެރި ބޮމުގެ ހަމަލާ ކުށްވެރިކޮށްފައެވެ.
“މިގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާ އުފުލައި، އާންމުންނާ ދެކޮޅަށް އިޒްރޭލުން އިތުރު ޖަރީމާތައް ހިންގުމަށް ހުރަސް އެޅުމަށް މިނިސްޓްރީން ގޮވާލަމެވެ،” އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޔޫއޭއީއިން ވަނީ އިޒްރޭލުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށް، ޒަހަމްވި އެންމެންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފަ އެވެ.
އަދި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި އާންމުންނާއި މަދަނީ މުއައްސަސާތަކަށް އަމާޒުނުކުރުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ވެސް ދުނިޔޭގެ ބޮޑެތި ހުރިހާ އިސްލާމީ ގައުމުތަކުން ވަނީ މިކަން ކުށްވެރިކޮށް ބަޔާން ނެރެފައެވެ.

