ހޮސްޕިޓަލަށް ބޮންއެޅުމުގެ ކުރިން އައިއޯއެފުން އިއްޔެ ދެ ބޮމުން އިންޒާރު ދިން ކަމަށާއި އެހެންނަމަވެސް ޖަވާބުގައި ޝަހީދުންގެ ގޮތުގައި މެނުވީ ނުނިކުންނާނެ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި މިހާތަނަށް 1000 މީހުން ޝަހީދު ވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ ހަމަލާގައި އދ. އިން ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ބޭނުންކުރަމުންދިޔަ ސްކޫލަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ހަމަލާއަށްފަހު ޝަހީދުވި ފުރާނަތަކުގެ ކުރިމަތީގައި މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ އިއްޔެ ދެ ބޮމުން އިންޒާރު ދިން ކަމަށެވެ. އެހެންވީމަ ކީއްވެގެންތޯ މިވަގުތަށް ހޮސްޕިޓަލް ހުސްނުކުރީ؟”.
ހަމަ އިންޒާރު ދިން ކުވައިތު ހޮސްޕިޓަލްގެ ޑިރެކްޓަރު ޖަވާބު ދެއްވި އެވެ.
ޝަހީދުންގެ ގޮތުގައި މެނުވީ ނުނިކުންނާނެ- އަހްލީ ހޮސްޕިޓަލުގެ ޑިރެކްޓަރު –
ބެޕްޓިސްޓް ހޮސްޕްޓިއާލް ކުރިއަށް ހިނގައިގަތެވެ.
ހޮސްޕިޓަލުން ހިމާޔަތް ހޯދި އާންމުން ހީކުރީ މިތަން އަމާންވާނެ ކަމަށެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހަނގުރާމަވެރި ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ އިރު، އިޒްރޭލުން ވަނީ ގާޒާއަށް ބޮމާއި ރޮކެޓު ހަމަލާތައް ދީ އެ ސަހަރު ސުންނާފަތިކޮށްލައިފަ އެވެ.
އެކަމަކު ހޮސްޕިޓަލަށް ދިން މި ހަމަލާއަކީ 2008 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ދިން އެންމެ ރަހުމްކުޑަ ހަމަލާ ކަމަށް ފަލަސްތީނުގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
“އަލް އަހްލީ ހޮސްޕިޓަލަށް ދިން މި ހަމަލާ އަކީ އަހަރެމެންގެ ތާރީހުގައި ހިންގި އެންމެ ބޮޑު ގަތުލުއާއްމު،” މިނިސްޓްރީގެ ތަރުޖަމާނު މަހުމޫދު ބަސަލް ވިދާޅުވި އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި 1300 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، މި ހަނގުރާމައިގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް، އދ.ގެ އިދާރާތަކުން އަންދާޒާ ކުރެ އެވެ. އެންމެ ބާރު ގަދަ ހަތިޔާރުތަކުން ގާޒާ ސުންނާފަތި ކުރަމުން ދާއިރު، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓު ވެސް ކަނޑާލައިފަ އެވެ

