ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން 4 މީހަކު ވަނީ ޒަހަމްވެފައެވެ. މިހާރު އަންނަނީ އެމީހުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓުގެ ތަމްރީނުތަކަށް ބޭނުންކުރާ ސިލިންޑަރެއް ގޮވައިގެން ކަމަށް އެމްއެންއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

