ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީގައި ދުއްވާ ރާސްތާ ދޯނިން ފަލަސްތީނަށް އެހީވުމަށް 127433 ރުފިޔާ ހަދިޔާކޮށްފި އެވެ.
ހުވަދު އަތޮޅުގައި. މަސްވެރިކަން ކުރާ ރާސްތާ ދޯނިން ފައިސާ ޖަމާކޮށްދީފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން(އައިއޭސީ) ގެ އެކައުންޓަށެވެ.
ދޯނީގެ އެންމެން އަދި ރަށް ތަމްސީލު ވާހެން ދީފައިވާ މި އެހީ އަކީ މިހާތަނަށް މަސްދޯންޏަކުން ފަލަސްތީނަށް އެހީވުމަށް ދިން އެންމެ ގިނަ ފައިސާއެވެ.
މިދިޔަ ހަފްތާގެ ތެރޭ ގއ އަތޮޅުގެ ހަތަރު ދޯންޏަކުން ވެސް ވަނީ ފަލަސްތީން ފަންޑަށް އެހީ ފޯރުކޮށް ދީފައެވެ. އެ ދޯނި ތަކަކީ ގއ ވިލިނގިލީ ކަރަވައްތާ ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، އެ ރަށު ހުސްނީ ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، އެ ރަށު އުޖާލާ ދޯނިން 25000 (ފަންސަވީސްހާސް) ރުފިޔާ އަދި ގއ ކަނޑުހުޅުދޫ ސީހޯސް 3، ދޯނިން ވަނީ ފަލަސްތީން ފަންޑަށް 50000 (ފަންސާސް ހާސް) ރުފިޔާ ހަދިޔާ ކޮށްފައެވެ. މި ހަތަރު ދޯނިން ޖުމްލަ 125000(އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާ ވަނީ ފަލަސްތީން ފަންޑަށް ހަދިޔާ ކޮށްފައެވެ.
ފާއިތުވި ދެ ދުވަސްތެރޭ ފަލަސްތީން ފަންޑަށް އިތުރު 4 ދޯންޏަކުން މިވަނީ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. އެއީ ގއ މާމެންދޫ ދުވެލި (6) ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ، އެ ރަށު ހުޝިޔާރު ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ،ގދ ފަރެސްމާތޮޑާ ޑޭޒީ ވިއު ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ އަދި ލ މާވަށު ރަންދޯދި ދޯނިން 25000 (ފަންސަވީސް ހާސް) ރުފިޔާ ވަނީ ދީ ފައެވެ. އެހެންކަމުން މުޅި ޖުމްލަ 352433 (ތިންލައްކަ ފަންސާސްދެހާސް ހަތަރުސަތޭކަ ތިރީސްތިނެއް) ރުފިޔާ މިވަނީ ދޯނި ފަހަރު ތަކުން މިހާތަނަށް ފަލަސްތީނަށް ހަދިޔާ ކޮށްފައެވެ.

