ދިވެހިންގެ އެހީގައި ފަލަސްޠީނުގައި ބިނާކުރެވޭ ފުރަތަމަ މިސްކިތް މަސްޖިދުލް ޤުއްދޫސްގެ 80 އިންސަައްތަ ނިމިއްޖެ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ޓިމުން ބުނެފިއެވެ.
މިހާރު އިސްރާއިލާއި، ފަލަސްތީނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ކުރިން މިސްކިތުގެ %80 މަސައްކަތްވަނީ ނިމިފައި ކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.
މަސްޖިދުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްމިވަނީ އެއްކޮށް ނިމިފައި ( ހިއްކުން، ބެކްފިލިންގް، ކޮންކްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތް)
– ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މަސްޖިދު ހިމެނޭ އަލްތުއްފާޙް(އިރުމަތީ ޣައްޒާ ) ސަރަހައްދުވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފަ.
21 އޮކްޓޯބަރ ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ! އަލްޙަމްދުލިﷲ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 5،200 އެއްހާ މީހުން ތިބި އިރު، ފަލަސްތީނުގެ ހަތިޔާރު އެޅި ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާދޭން ފެށި ފަހުން އިސްރާއީލުން ދަނީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.
ފަލަސްތީނުގެ އޮފިޝަލުން ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ވިދާޅުވީ ގައިދީންގެ އަދަދު މިހާރު 10،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އޮފިޝަލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އިޒްރޭލުން ވަނީ ޣައްޒާއިން 4،000 އެއްހާ މަސައްކަތްތެރިން ހައްޔަރުކޮށް، އެ މީހުން އަސްކަރީ މަރުކަޒުތަކުގައި ބަންދުކޮށްފައެވެ.
މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ރޭގަނޑު އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ އިތުރު 1،070 މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

