ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ރޭ އެކަނިވެސް ޢައްޒާއިން ޝަހީދުވި މީހުންގެ އަދަދު 400 އަށްވުރެ ގިނަވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ހަމަލާތައް މިހާރު ބޮޑަށް އަމާޒުވެފައިވަނީ ޣައްޒާގެ ހޮސްޕިޓަލް ތަކަށެވެ.
އިސްރާއީލުން ވަނީ ޣައްޒާއަށް ބޮން ގޮއްވާލުންތައް ރޭ ވަރުގަދަކޮށް، ޖަބަލިއާ ރެފިއުޖީ ކޭމްޕަށާއި ޣައްޒާގެ އަލް ޝިފާ އާއި އަލް ޤުދުސް ހޮސްޕިޓަލްތަކާ ކައިރިއަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މީގެ ކުރިން ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ މީޑިއާ ޑިރެކްޓަރު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލް ޤުދުސް ހޮސްޕިޓަލަށް “ކޮންމެ ވަގުތެއްގައި” ބޮން ގޮއްވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.
އޮކްޓޯބަރ 7 ވީ ހޮނިިހިރު ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއާއެކު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށްފަ އެވެ. އަދި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ޢައްޒާގެ އާންމުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ދަނީ ގިނަ ބަޔަކު ޝަހީދު ކުރަމުންނެވެ.

