އިންޑިޔާގެ ގުޖުރާތުގައި ހަދަމުންދާ ބްރިޖްގެ ބައެއް ވެއްޓި އެކަކު މަރުވެއްޖެއެވެ.
މި ހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ބްރިޖުގެ ބައެއް ވެއްޓެން އުޅޭކަން އެނގުމުން މީހަކު އޭނާގެ އޮޓޯރިކްޝާ ދޫކޮށްލާފައި ގޮސް ސަލާމަތަށް ދުވަން އުޅުނު ނަމަވެސް، ކޮންކްރީޓްގެ ބޮޑު ސްލެބްތަކެއްގެ ދަށުގައި އޭނާ ތާށިވާތަން ފެނެއެވެ.
ގުޖުރާތުގެ ބަނާސްކަންތާ ޑިސްޓްރިކްޓްގެ ޕަލަންޕޫރު ޓައުނުގައި ހަދަމުން ދިޔަ ބްރިޖުގެ ބައެއް ވެއްޓި އެކަކު މަރުވެފައިވާ ކަމަށާއި އެ ސަރަހައްދުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް އޮފިޝަލުން ބުނެއެވެ.
މިއީ އަމްބާޖީ އާއި ޕަލަންޕޫރު ގުޅުވައިދޭ ރޭލްވޭ އޯވާބްރިޖެކެވެ. ހަ ގާޑަރު ވެއްޓުމާ އެކު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފެށި އެވެ. މިހާތަނަށް އެކަކުގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދިވެސް ތާށިވެފައި ތިބީ ކިތައް މީހުންތޯ ބެލުމުގެ މާނައެއް ނެތެވެ. ކުނިތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ،” ކަލެކްޓަރު ބަރަންވާލް ވިދާޅުވި އެވެ.
ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށްދާތާ ދުވަސްކޮޅެއް ވީ ނަމަވެސް ވެއްޓުނު ގާޑަރުތައް ތަނބުތަކުގައި ޖަހަން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށާއި ނަމަވެސް އަދި ވެސް އެ އިމާރާތުގައި ބަނދެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

