ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ހިލޭސާބަހަށް މަސައްކަތްކުރާ އާތިފް އަސްލަމް، ޣައްޒާ-ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ އަދި ކާބޯތަކެތީގެ މުހިންމު ސާމާނު ފޯރުކޮށްދިނުމަށް، "އަލްޚިދުމަތު" ފައުންޑޭޝަން (ޕާކިސްތާން) މެދުވެރިކޮށް، 15 މިލިއަނަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފިއެވެ.
އަސްލަމް ފަލަސްތީނަށް ތާއީދު ކޮށް ފަންޑް ކޮށްފައި މިވަނީ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާ ވަށާލާފައިވާ އެންކްލޭވްއަށް އިސްރާއީލުން ދިން ހަމަލާތަކާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލުގެ ބިރު ހީވެ ދުނިޔޭގެ ގިނަ ތަރިންނާއި މަޝްހޫރު ފަރާތްތައް ހިމޭނުން ތިއްބެވި ދަނޑިވަޅެއްގައެވެ.
"އަލްޚިދުމަތު" ފައުންޑޭޝަން ޕާކިސްތާނުން ވަނީ ޣައްޒާގައި ތިބި ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޣައްޒާ ފަންޑަށް އާތިފް އަސްލަމް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
ފަލަސްތީނުގެ ޣައްޒާއާއި ފަލަސްތީނަށް ބޭނުންވާ ޒަރޫރީ ސިއްހީ އަދި ކާބޯތަކެތީގެ އެހީއަށް 15 މިލިއަން ރުޕީސްގެ ދީލަތި އެހީތެރިކަން ކޮށްދެއްވާފައިވާތީ، އިއްޒަތްތެރި އާތިފް އަސްލަމް @itsaadee ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް އެ ޗެރިޓީއިން އެކްސްގައި ބުނެފައިވެއެވެ.
އަސްލަމް ވަނީ މިދިޔަ ހަފުތާގައި އިންސްޓަގްރާމްގައި ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރައްވާކަން ހިއްސާކުރައްވާފަ އެވެ. އޭނާގެ ޕޯސްޓުގައި ބުނެފައި ވަނީ ފަލަސްތީނުގައި ކުށެއް ނެތް މީހުންގެ ފުރާނަ ގެއްލުމުން ހިތާމަ ކުރާ ކަމަށެވެ.
7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް މެދުނުކެނޑި ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި އެތައްހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ. އިޒްރޭލުގެ މި އުދުވާނުގެ ސަބަބުން ޣައްޒާގެ ޢާންމު ރައްޔިތުން ތިބީ ކެއިން ބުއިމާއި ބޯހިޔާވަހިކަމުން މަހުރޫމްވެފައެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 4600 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

