ރަޝާދު ނިމްރު އަބޫ ރަޝާދު އުމުރަކީ އެންމެ ހަތް އަހަރެވެ. އެކަމަކު ހާއްސަކޮށް މި ކުޑަ ކުއްޖާގެ ހާއްސަ ކަމެއްގެ ސަބަބުން އޭނާ އަކީ ޣައްޒާގައި ވަގުތުން ސެލެބްރިޓީއަކަށް ވެގެން ދިޔަ އެވެ. ކީރިތި ޤުރުއާން ފުރިހަމައަށް ހިތުދަސްކުރެއްވިއެވެ. އެއީ 77،000 އަށް ވުރެ ގިނަ ބަހެވެ.

ދީނީ އިލްމުވެރިންގެ ޕެނަލަކުން ބެލި އިރު، ރަޝާދު ވަނީ އޭނާގެ ހައިރާންކުރުވަނިވި ކާމިޔާބީ ކަށަވަރުކޮށްދީފަ އެވެ. އިލްމުވެރިންގެ މަޖިލީހުން ސިފަ ކޮށްފައި ވަނީ "ރަޝާދު އަކީ އެންމެ ރީތި ހާފިޒު" ގޮތުގައެވެ.
ޙާފިޡަކީ މުޅި ޤުރުއާން ހިތުދަސްކުރާ މުސްލިމަކަށް ދެވޭ ލަޤަބެކެވެ. ނަމެކެވެ.

ފަލަސްތީނުގެ މީޑިއާއަކުން ބައްޕަ ނިމްރުއާ ވާހަކަ ދެއްކުމުން. އޭނާ ކިޔައިދިން ގޮތުގައި ދަރިފުޅަށް ހިތްވަރު ދިނީ އޭނާ ހިތުދަސްކުރި ޤުރުއާނުގެ ކޮންމެ ސަފުހާއަކަށް އިނާމު ދީގެންނެވެ. އޭގެ މާނައަކީ ދަރިފުޅަށް ފުޓުބޯޅައަކާއި އެހެނިހެން ކުޅޭ އެއްޗެހި ހޯދުމެވެ. އެންމެ ފަހުން އޭނާ ވެގެން ދިޔައީ މުޅިން އާ ސައިކަލެއްގެ ފަޚުރުވެރި ވެރިޔާއަށެވެ.

ނަމަވެސް ފަހުން ރަޝާދު އަމިއްލައަށް ޤުރުއާން ހިތުދަސްކުރަން ޝައުގުވެރިވިއެވެ. މައިންބަފައިންނާއި އަވަށްޓެރިންނާއި މުދައްރިސުން އޭނާއަށް ހިތްވަރު ދިނެވެ.

ޚާއްޞަ ހަދިޔާއަކާއި ޤުރުއާނުގެ ޚާއްޞަ ކޮޕީއެއް އެރުވި އެވެ.
އިސްލާމީ މުޅި އުންމަތް ރަޝާދު ނިމްރު އަބޫ ރަސްގް އާއި މެދު ފަޚުރުވެރިވާނެ ކަން ޔަޤީންއެވެ. ނިމިދިޔަ އަހަރު އިސްރާއީލުގެ ލާއިންސާނީ ހަމަލާތަށް ޣައްޒާ އަށް ދެމުން ދިޔައިރުވެސް ރަޝާދު ދިޔައީ ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ރަޝާދު ވަނީ މުޅި ގުރުއާން އެއްކޮށް ހިތުދަސްކޮށް ހާފިޒު ކަމުގެ ލަގަބު ހާސިލްކޮށްފައެވެ.

