އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ ޢުދުވާނާ ގުޅިގެން ރަޝިޔާގެ އަމަލުތަކާމެދު އިޒްރޭލުން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ރަޝިޔާއިން ފާޑުކިޔާތީ އިޒްރޭލުގެ ފޮރިން މިނިސްޓްރީން މިއަދުު “ޓައިމްސް އޮފް އިސްރޭލް” އަށް ވަނީ އެކަމާ ހިތްހަމަނުޖެހޭ ކަމަށް ބުނެފައެވެ.
އިޒްރޭލުގެ ޑިޕްލޮމޭޓަކު މި ހަފްތާގައި ރަޝިޔާގެ އޮފިޝަލަކާ ވާހަކަދައްކަވަމުން އިޒްރޭލާ ހަމާސް ކުރަމުންދާ ހަނގުރާމައިގައި “ރަޝިޔާ”ގެ ދައުރާ މެދު ވަނީ ފާޑުކިޔާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ރަޝިޔާއިން މި ހަނގުރާމައިގައި ތަންކޮޅެއް ހަމަހަމަގޮތަކަށް ހަމަހަމަ “ބެލެންސްޑް” ދައުރެއް އަދާ ކުރުމަށް ވަނީ އެދިފައެވެ.
ރަޝިޔާއިން ވަނީ އދ ގެ ސަލާމަތީ މަޖިލީހަށް އިޒްރޭލާ ދެކޮޅަށް ގަރާރެއް ހުށައަޅާފައެވެ.
މިގަރާރު ރަޝިޔާއިން ހުށަހެޅީ އިޒްރޭލާއި ގާޒާއިން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށެވެ. ނަމަވެސް އެމެރިކާ، ފްރާންސް އަދި އިނގިރޭސިން ވަނީ މި ގަރާރު ފެއިލް ކޮށްލާފައެވެ.

