އދ ގެ ގަރާރަކުން ފާސްކުރިޔަސް ފަލަސްތީނަށް ދެމުންދާ ހަމަލާ ނުހުއްޓާނެ ކަމަށާއި، އައިސިސް ނައްތާލިގޮތަށް ހަމާސް ޖަމާއަތް ނައްތާލާނެ ކަމަށް އިސްރާއީލުގެ ސިފައިން ބުނެފިއެވެ.
އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓައިލަން ގޮވައިލައި، އދ އިން ފާސްކުރި ޤަރާރު ބަލައި ނުގަންނާނެ ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ.
އުރުދުން އިން ޔޫއެން އަށް ހުށަހެޅި ޤަރާރުގައި ވަނީ ހަނގުރާމަ ހުއްޓާލައި، ޣައްޒާއަށް މި ވަގުތު ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދޭން ގޮވާލާފައި ވެއެވެ.
ރޭ އެ ޤަރާރު އޮތް ގޮތަށް ފާސް ކުރީ 120 ޤައުމުގެ ތާއީދާ އެކުގައެވެ. ރާއްޖެއިން ވެސް އެ ޤަރާރަށް ވޯޓު ދިނެވެ. ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވެ ތިބީ 53 ގައުމެކެވެ.
ޤަރާރަށް ފަލަސްޠީނުގެ ސަރުކާރާއި ހަމާސް އިން ވެސް މަރުޙަބާ ކިޔައިފައުވާއިރު، އިޒްރޭލުން ބުނަނީ ހަމަލާ ދިނުން ހުއްޓައިނުލެވޭނެ ކަމަށާއި، އައިއެސް ޖަމާޢަތް ނައްތައިލަން ހަމަލާތައް ދިން ފަދައިން، ހަމާސް ވެސް ނައްތާލަން ޖެހޭނެ ކަމަށެވެ.
މުޅި ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކަނޑައިލައި، ޔަހޫދީން ގެންދަނީ އެއްވެސް އިމެއް ނެތި، ޣައްޒާއަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

