ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް “ދަ ކްރައުން ސީޒަން 6″، ހަވަނަ ސީޒަންގެ ފުރަތަމަ ފުލް ޓްރެއިލާ ނެރެފިއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ފޭން ފޮލޯވަރުންތަކެއް ހޯދާފައިވާ މިޝޯވގެ ހަވަނަ ސީޒަންގެ ފުރަތަމަ ޓްރެއިލާއިން ފެނިގެން ދަނީ ޕްރިންސަސް ޑައާނާގެ ހަޔާތުގެ އެންމެ ފަހުގެ ދުވަސްތަކެވެ.
މީގެ ދެ ދުވަހެއް ކުރިން އާއްމުކުރި އެ ޓްރެއިލާގައި ޝާހީ އާއިލާއާ ޑައާނާ ވަކިވިފަހުން އޭނާގެ ދިރިއުޅުން ބައްޓަންވެގެން އައި ގޮތް ދައްކައިދެއެވެ. ޑަޔާނާއާއި ލޯބިވެރިޔާ ޑޯޑީއަލްފާއިދާ އޮތް ގުޅުމުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަލި އަޅުވާލެވިފައި ވާއިރު މި ވީޑިއޯގައި ހިތްތަކުން އަދިވެސް ފިލާނުދާ އަމީރާ ޑަޔާނާގެ ހިތާމަވެރި ވާހަކައަށް ފުންކޮށް އަލިއަޅުވާލާފައިވެއެވެ.
ދަ ކްރައުންގެ ހަވަނަ އަދި އެންމެ ފަހު ސީޒަން ދެބަޔަކަށް ބަހާލައިގެން ގެނެސްދޭން ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ ބައި ނެރެން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ޑިސެމްބަރު މަހު ނެރޭ ދެވަނަ ބައިގައި ޑައާނާގެ މަރާއި މަރަށްފަހު ޝާހީ އާއިލާއާއި އިނގިރޭސި ވިލާތުގައި ކަންތައްތައް ވެގެން އައި ގޮތް ފެންނާނެ ކަމަށް ބެލެވެ އެވެ.
އެމާކޮރިންގެ ވަރަށްވެސް ފުރިހަމަ “ޑަޔާނާ”ގެ ކެރެކްޓަރ ދައްކުވައިދޭ މި ސީރީޒްއަކީ ދިވެހީންގެ ތެރޭގައިވެސް ވަރަށް މަގްބޫލު ސީރީޒްއެކެވެ.
ކުރިއަށް އޮތް ސީޒަން ލިޔެފައިވަނީ ޕީޓާ މޯގަންއެވެ.

