ލޯ ކައިރި ކަޅުވުމާއި އެހިސާބުގައި ހުންނަ ހަމުގައި ރޫޖެހޭ ގޮތް ވާ އެތައް ގިނަ ސަބަބުތައް ހުރެއެވެ. މިހެން ވާން ދިމާވަނީ ލޮލުގެ ވަށައިގެންވާ ދާއިރާގައި ރަނގަޅަށް ލޭ ދައުރު ނުވާތީއެވެ. ރަނގަޅަށް ހަމަނިދި ނުލިބުމާއި އެކަށީގެންވާ މިންވަރަށް ހަށިގަނޑަށް ފެން ނުލިބުމާއި ރަނގަޅުފައިދާ ހުރި ކާނާ ނުކެއުން، ސްޓްރެސްވުން، ވިސްނުން އިތުރުވުން، މަސައްކަތް ބުރަވެ ބިޒީވުން، އަދި ބައެއް ފަހަރު އަންހެނުން ބަލިވެ އިނުން ހިމެނެއެވެ.
މިކަމަށް ފަރުވާ ހޯދުމަށް ސެލޫންތަކަށް ގޮސް ބޮޑެތި ހޭދަތައް ކުރުމަށްވުރެ ގޭގައި ކެމިކަލްނެތް ބާވަތްތަކަކުން ފަރުވާ ހޯދުން މާބޮޑަށްވެސް ނަތީޖާ ރަނގަޅުކަމަށް ދައްކައެވެ.
- ކިއުކަންބާއަކީ މޫނުގެ ދުޅަހެޔޮކަމަށާއި މޫނު ރީތި ކުރުމަށް އެކި ގޮތްގޮތަށް އެންމެ އާންމުކޮށް ބޭނުން ކުރެވޭ ބާވަތެވެ. އެގޮތުން ލޯކައިރި ކަޅުވުމުން އެކަމުގެ ފަރުވާއަށް ވެސް ކިއުކަންބާ އަކީ މުހިއްމު އަދި ބޭނުންތެރި އެއްޗެކެވެ.
- ކިއުކަންބާ އެއް ތުނިކޮށް ފޮތިކޮށްލާފައި އައިސް އަލަމާރީގައި ފިނިކުރަން ބަހައްޓާށެވެ. ރަނގަޅަށް ފިނި ވުމުން ލޯމަތީގައި އަޅައިގެން 10-15 މިނިޓް ވަންދެން އޮށޯވެލައިގެން އޮންނާށެވެ. އެއަށް ފަހު ތާފަނާ ފެންފޮދަކުން ލޯ ކައިރި ރީތިކޮށް ދޮވެލާށެވެ. މިގޮތަށް ދުވާލަކު ދެއިރު ކަންތައް ކޮށްލުމުން ހަފްތާއެއްގެ ތެރޭގައި ރަނގަޅު ބަދަލު ފެންނާނެއެވެ.
- ކުޑަ ކިއުކަންބާއެއް ގާނާ، އެއިން އޮލަކޮށް ޖޫސް ގިރައި އަލާމާރީގައި ފިނި ކުރުމަށްފަހު ކަފަކޮޅަކުން ލޮލުގެ ވަށައިގެން ހާކާށެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން ތާފަނާ ފެނުން މޫނު ދޮވެލާށެވެ. ކިއުކަންބާއާއި ލުނބޯހިތްކޮޅެއް އެއްކޮށް ލޯކައިރީގައި ވަށައިގެން އުގުޅާލާށެވެ. ދެހަފްތާއެއްވަރު ތަކުރާރުކޮށްލާށެވެ. ނަތީޖާ ހަމަ އެއްވަނަވާނެއެވެ.

- ޓޮމާޓޯ: މެދު ސައިޒްގެ ޓޮމާޓޯއެއް، ބައިސަމުސާ ލެމަން ޖޫސް އަދި ރީދޫ ކޮޅަކާއެކު 2ސައިސަމުސާ ގްރޭމް ފުށް ( ގޮދަން ފުށް ވައްތަރުގެ ފުށެއް) އެއްކޮށްލައިގެން ލޯކައިރީގައި ހާކާލާށެވެ ފަނަރަ މިނިޓް ވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. ހަފްތާއެއްގެ ތެރޭގައި އެއްކޮށް ފޮހެވިގެން ދާނެއެވެ.
- ގްރީންޓީ ޓީބޭގް: އެންޓި އޮކްސިޑެންޓުން މުއްސަނދި ވެފައިވާ ގްރީންޓީބޭގުން ލޯ ކައިރި ކަޅުވުމާއި ލޯ ރީދޫ ވުން ފަދަ ކަންކަމަށްވެސް ރަނގަޅު ފަރުވާއެކެވެ.
- ފިނިފެން .(ރޯސް ވޯޓަރ): ގަވާއިދުން މޫނުގައި ހާކާ ނަމަ ލޯކައިރީގައި ކަޅުވެފައި ހުންނަ ހުރުން ފިލުވާލުމަށް އެހީއަކަށް ވެގެންދެ އެވެ.
މަތީގައި ބަޔާން ކުރި ހުރިހާ ކަންކަމަކީވެސް ވަކި މުއްދަތެއް ނެތި ނަތީޖާ ފެންނަންދެން ކުރުން މުހިންމު ކަންކަމެވެ. ޤަވައިދުން މިކަންކަން ކުރެވޭނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ. މިއީ ގޭތެރެއިން ފަސޭހައިން ހޯދޭނެ ފަރުވާތަކެވެ.

