އަންނަ މަހުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ވިދާޅުވެއްޖެއެވެ.
އެއްފަހަރު ބޭނުން ކޮއްފައި އުކައިލާ ޕުލާސްޓިކުގެ ބާވަތްތައް
ރާއްޖެއަށް އެތެރެކުރުމާއި އަދި އުފެއްދުމާ ބާޒާރަށް އެތަކެތި ނެރުން ސަރުކާރުން އަންނަނީ އެކިފަހަރު މަތީން މަނާކުރަމުންނެވެ. އެހެންކަނުން އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި އަކީވެސް ސިންގލް ޔޫސް ޕުލާސްޓިކު ތެރޭގައި ހިމެނޭ ބާވަތެކެވެ. މިތަކެތި މަނާކުރިނަމަވެސް، ބާޒާރަށް ނެރުން މަނާކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 1އިން ފެށިގެންނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓުވީޓުގައި ބުނެފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުންވެސް މަނާ ވާނެކަމަށެވެ.

