ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ހިއްސާކޮށްފި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާބީ ރައީސް އާއި ހިއްސާކުރީ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައެވެ. މިރޭގެ ހަފްލާއަކީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގެ ދައުވަތަކަށް ބޭއްވި ހަފްލާއެކެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބައެެއް މީޑިއާ ތަކުން ފާހަގަ ކުރެއްވީ ތެދު މައުލޫމާތު ލިބުމުގައި ދަތިތަށް ދިމާވާކަމަށެވެ.
މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ނޫސްތަކަށް މިނިވަން ކަމާއި އެކު މަސައްކަތް ކުރެވޭނެ މަގުފަހި ކޮށްދެއްވާނޭކަމަށެވެ.
އިންތިހާބީ ރައީސް ހުވާކުުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

