އިޒްރޭލުގެ ލާއިންސާނީ އަނިޔާގައި ނެތިފަނާވަމުންދާ ފަލަސްތީނުގެ މުސްލިމް ރައްޔިތުންނަށްޓަކައި ކުރިއަރަމުން އަންނަ ޓިކްޓޮކް ތަރި އައިޝަތު ރަޝީދާ، “ޕްރިޓީ އައިޝާ” އިސްނަގައިގެން، އޭނާގެ ޓިކްޓޮކްލައިވެއްގައި ފަންޑްރެއިޒިންގ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި އިވެންޓް ފަށާނީ މިރޭ 8:00 ގައި އައިޝާގެ ޓިކްޓޮކް ލައިވް އެއްގައެވެ. މިފަދަ އިވެންޓެއް ގެންދިއުމަކީ ވަރަށް ގިނަ ޓިކްޓޮކް ތަރިންވެސް އެދޭ ކަމެކެވެ. “ހުވަދޫ” ނޫހަށް މިރޭގެ އިވެންޓާ ބެހޭ ގޮތުން އައިޝާ ބުނި ގޮތުގައި މިއީ ފިލްމު އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ.
އައިޝާ ބުނި ގޮތުގައި މިއީ މިހާރު ކުރިއަށްދާ ޓިކްޓޮކް ފެޝަންޝޯވއެއްގެ ކަންތައްތަކާ ގުޅިގެން ދެއްކި ވާހަކައެއްގެ ތެރޭ ފިލްމުއެސޯސިއޭޝަން އިން ޖާދޫ އާއި ޔޫއްޕެ ދިން ފުރުސަތެކެވެ. ފަލަސްތީނަށްޓަކައި ފަންނާނުން ކުރިއަށް ގެންދާ އިންސާނިއްޔަތަށްޓަކައި ހަރަކާތުގައި ޓިކްޓޮކުން ބައިވެރިވެ، ފަލަސްތީނަށް އެހީވުމަށް ޖާދޫ އާއި ޔޫއްޕެ އެދުމުން އައިޝާ އަމިއްލައަށް އެކަމަށް އިސްނެގީ އެއީ އޭނާވެސް އަދި އޭނާފަދަ އެހެން ޓިކްޓޮކް ކުޅޭ ފަރާތްތަކުންވެސް ނުހަނު ބޮޑަށް އެދޭ ކަމަކަށް ވާތީ ކަމަށް ހުވަދޫ ނޫހަށް އައިޝާ ކިޔައިދިނެވެ. ފަލަސްތީނަށް އެހީވުމަށްޓަކައި މިފަދަ ފުރުސަތެއް ނުލިބިފައި ހުރި އައިޝާ އެދެނީ މިރޭ އޭނާގެ ޓިކްޓޮކް ލައިވް ގައި ބައިވެރިވެ ވެވެން އޮތް މިންވަރަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށެވެ.
https://www.tiktok.com/@prittyaish
އައިޝާ އެދެނީ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ފަލަސްތީނަށް ހަދިޔާކޮށްދެއްވުމެވެ.
ކަލާފާނު ސުކޫލުގައި ވަޒީފާ އަދާކުރަމުން އަންނަ ގދ ގައްދޫ އަށް އުފަން އައިޝާ ޓިކްޓޮކްއަށް ނުކުތީ 2021 ވަނަ އަހަރު ޓިކްޓޮކުން ފެންނަން ފެށި އައިޝާ އަކީ ކަލާފާނު ސުކޫލުގައި ވަޒީފާ އަދާކުރަމުން އަންނަ ގދ ގައްދޫއަށް އުފަން ފަރާތެކެވެ. ދަރިފުޅާއެކު ދިރިއުޅެމުން އަންނަ ވަރަށްވެސް ހިތްވަރުގަދަ މަންމައެކެވެ. އަދި ދިރިއުޅުމުގައާއި ހަޔާތުގެ އެކި ހިސާބުތަކުގައިވެސް ނުހަނު ދަތި އުނދަގޫއެތައް މަރުހަލާއެއް ކަޑައްތު ކޮށްފައިވާ އައިޝާ އަށް ޓިކްޓޮކްއަށް ނުކުތުމުންވެސް އެތަކެއް ގިނަ ގޮން ޖެހުންތަކެއް ކުރިމަތިވިއެވެ، އެހެންނަމަވެސް އައިޝާ ޓިކްޓޮކް ވީޑިޔޯތައް އަމިއްލައަށް އެޑިޓް ކުރަމުން އަޕްލޯޑް ކުރަމުން، ވަޒީފާ އަދާކުރަމުން އަދި ދަރިފުޅާއި ގެ ބަލަހައްޓަމުން ދަނީ ހަމަ ހަމަ އުސޫލެއްގެ މަތިން ހަރުދަނާ ގޮތެއްގައެވެ. އައިޝާ ގެ އުންމީދަނީ އޭނާ މި ޕްލެޓްފޯމުން އެދޭ ހިސާބަށް ކުރިއަރައިގެން ދިއުމެވެ، އެކަމަށް އޭނާ ކުރާ ހިތްވަރަށް ސާބަސްދޭހާވެއެވެ.
ހުނަރުތައް ދައްކާލުމަށް ފުރުސަތު ނުލިބޭ އެތައް ފަރާތަކަށް އޮތް މި ޕްލެޓްފޯމްގެ ބޭނުން ނުރަނގަޅު ގޮތްތަކުގައި ބޭނުންކުރާ ބަޔަކު އުޅެދާނެއެވެ. އެކަމަކު އައިޝާމެންފަދަ ޒުވާނުން މީގެ ބޭނުން ހިފަނީ ފުރިހަމަ ގޮތުގައެވެ.
ޓިކްޓޮކަކީ މިހާރު ފަންޑްރައިޒިން ހަރަކާތްތައްވެސް އެންމެ ކާމިޔާބުކަމާއެކީ ރާއްޖޭގައި ކުރިއަށް ގެންދާ ޕްލެޓްފޯމެވެ. މިއީ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ މުޅި ދިވެހި މުޖުތަމައަށް ވެސް ފައިދާ ހުރި ޕްލެޓްފޯމެއްކަން ޔަގީނެވެ.
އައިޝާ އެކޭ އެއްގޮތަށް އެހެން އެތައް ޓިކްޓޮކް ފަންނާނުން ވެސް ފަލަސްތީނަށްޓަކައި މިރޭ ކުރިއަށް ގެންދާ މި އިވެންޓުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީ ވެދިނުމަށް އިންތިހާއަށް އެދެއެވެ.
ފަލަސްތީނުގެ ގާޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ މި ލާއިންސާނީ ގަތުލު އާންމުގައި، އިޒްރޭލުން މިހާތަނަށް 13،300 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް މައުސޫމު ތުއްތު ކުދިންނާއި އަންހެނުންނެވެ.

