މިނިސްޓަރުން ފެންވަރުގައި، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ހަމަޖައްސައިފިއެވެ.
ތޮލާލް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް މިނިސްޓަރުން ފެންވަރުގައި ހަމަޖައްސާފައިވާއިރު، އޭނާވަނީ ރައީސް މުއިއްޒުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ފާއިތުވި ރިޔާސީ އިންތިޚާބުގައި އިސް ދައުރެއް އަދާކޮށްފައެވެ.
ތޮލާލްގެ އިތުރުން ރައީސް މުއިއްޒު މިއަދުވަނީ ސަރުކާރުގެ ގިނަ އަދަދެއްގެ ވުޒާރާތަކަށް ސްޓޭޓް މިނިސްޓަރުންވެސް އައްޔަން ކުރައްވާފައެވެ. އެބޭފުޅުން ޢައްޔަނުކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި މިނިސްޓްރީ ތަކަށް ސްޓޭޓް މިނިސްޓަރުންނާއި އަދި ބައެއް އެމްޑީން އައްޔަން ކުރައްވާފައިވެއެވެ.

