މާލޭގެ ގޭސްފުޅި ގުދަނެއްގައި ހުރި ގޭސްފުޅިއެއް ގޮވައި، އަނިޔާ ލިބުނު ދެމީހަކަށް ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މާފަންނުގައި ހުރި އަލިފާން ގުދަނެއްގައި ތިބި ގޭސްފުޅިތަކުގެ ތެރެއިން ފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށާއި މިހާދިސާގައި ބިދޭސީ މީހަކު ފިހި ދިވެއްސަކަށް ވަނީ އަނިޔާވެފައެވެ. އެހެންނަމަވެސް މިދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
އަދި ގޮވާފައިވަނީFM200 ގެ ގޭސްފުޅިއެއް ކަމަށާއި މިވަގުތު އެސަރަހައްދުގައި އެމް.އެން.ޑީ.އެފް އިން ހަރަކާތްތެރިވަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިއަދު ހެދުނު 9:41 ހާއިރު ހިނގި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މިހާދިސާ ހިނގާފައިވަނީ މާފަންނު، މުރަނގަ މަގުގައި ހުންނަ ވަގުތީ މިސްކިތް ކުރިމަތީ ހުރި ގުދަނެއްގައެވެ
އަނިޔާވި ދެމީހުންނަށް އައި.ޖީ.އެމް.އެޗްގައި ދަނީ ފަރުވާދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާގެ ފައި ވަނީ ވަރަށް ބޮޑަށް ޗިސް ވެފައެވެ.

