ކުރީގެ ރައީސް އަބްދުالله ޔާމީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ދުރަށް ޖެހިވަޑައިގަތުމަށް ފަހު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފި އެވެ.
މި ނިންމެވުން ރައީސް ޔާމީން ނިންމެވީ މިރޭގެ ވަގުތެއްގައިކަން އެމަނިކުފާނުގެ ވަކީލު ޑރ. ޖަމީލު ވަނީ ހާމަކުރައްވާފަ އެވެ. މިވަގުތު ޗެނަލް 13 އަށް ދެއްވަމުން ގެންދަވާ އިންޓަވިއުގެ ތެރެއިން ޖަމީލް ވަނީ ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަން ވެސް ހާމަކުރައްވާފަ އެވެ.
ަރައީސް ޔާމީން އެ ނިންމެވުން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެމަނިކުފާނުގެ ފޮޓޯފުޅު ވެރިކަމަށް އަންނަން ބޭނުންކުރި ކަމަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ހަނދާން ނުނެތޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ފަހުން ރައީސް ޑރ. މުއިއްޒު، ޔާމީންގެ ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

