ގދ މަޑަވެލި ކައުންސިލް މެމްބަރު އަދި ޕީއެންސީގެ ސެނެޓް މެމްބަރު އަޒްހަރު އަބްދުއްﷲ ސައީދު ( އަޒްހާޓް ) ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވައިފި އެވެ.
އަޒުހަރު މިއަދާއި ހަމަޔަށް ހުންނެވީ ގދ މަޑަވެލި ކައުންސިލް މެމްބަރުގެ މަގާމުގައެވެ.

އެހެންނަމަވެސް މިއަދުގެ ވަގުތެއްގައި އަޒްހަރު ވަނީ މަޑަވެލި ކައުންސިލް މެމްބަރު ކަމުން އިސްތިޢުފާ ދެއްވާފައެވެ.
އަޒްހަރު ފާހަގަ ވެގެން ގޮސްފައިވަނީ ޕީޕީއެމް އަދި ޕީއެންސީގެ ސިޔާސީ މަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވާ ފަރާތެކެވެ. އަދި ސަރުކާރު ގެނައުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ކެބިނެޓް އެކުލަވާ ނިމިފައި ވާއިރު މިހާރު ކެބިނެޓަށް ރުހުން ހޯދުމަށް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

