ބަނޑުގައި ވައި ހެދި، ބަނޑު ފުފިފައި ހުރުމަކީ ވަރަށް ބޮޑަށް އުނދަގޫވާނެ ކަމެކެވެ. ކެއުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ވައިގެ ގިނަ މައްސަލަތައް ޖެހުން ގިނަ އެވެ. މިއީ ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވެސް އަސަރު ކުރުވާ މައްސަލައެކެވެ. ވައިގެ މައްސަލައަކީ އެއަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވޭނަމަ ވަރަށް ބޮޑަށް ނުރައްކާވުން ގާތް ކަމެކެވެ.
ގޭހުގެ އުނދަގޫ ބޮޑުވުމުންނާއި ބަނޑު ފުފިފައި ހުންނަނަމަ ކާނާގެ ތެރެއިން މިއަށް ފަރުވާއެއް ހޯދުން މާ ރަނގަޅު ކަމަށް ކަމާބެހޭ މާހިރުން ވަނީ ލަފާދެއްވާފައެވެ.
އެގޮތުން ސައިންސްގެ އަލީގައި ސިއްހަތު ދިރާސާކޮށް ފަރުވާ ބުނެދީ ލަފާ ދީފައިވަނީ ގުދުރަތީ މާއްދާތައް ބޭނުން ކުރުމަށެވެ.
އެގޮތުން ބަނޑުފުފި، ވައިގެ އުނދަގޫވާނަމަ ލުނބޯ، ލޮނުމެދު އެއްކޮށްގެން ބޭނުން ކުރުމަކީ ޒަމާނުއްސުރެ ވަރަށް ރަނގަޅު ފަރުވާއެއްކަމަށް ވަނީ ލިބިފައެވެ.
ވަރަށް ކުޑައިރު އަޅުގަނޑުގެ މާމަ މިފަދަ ބުއިންތައް ތައްޔާރުކޮށްގެން ބޭނުން ކުރާ މަންޒަރުވަނީ ފެނިފައެވެ. ލޮނުމެދު ކަހަލަ ވަސްގަދަ ތަކެތި ބޭނުން ކުރާ ސަބަބު އަބަދުވެސް އަހަމެވެ. މާމަގެ ޖަވާބުގެ ސީދާކަން އެނގުނީ އަމިއްލައަށް ފޮތްތަކާއި ދިރާސާކުރާ މީހުންގެ ބަސްތައް ބަލައި އަދި ޑޮކްޓަރުގެ ބަސްވެސް ހޯދުމުންނެވެ.
ހަގީގަތުގައިވެސްލޮނުމެދަކީ އެންޓިވައިރަލް އަދި އެންޓިފަންގަލްހުންނަ ބާވަތެކެވެ.
ހަށިގަނޑަށް ފަސޭހައިން ކާއެއްޗެހި ހަޖަމުކޮށްލަން ލޮނުމެދު ވަރަށްބޮޑަށް އެހީތެރިވެދެއެވެ. މިއީ ހަޖަމުކުރުންވެސް އެންމެ ރަނގަޅު އެއް ބާވަތެވެ. މީގައި އަދި ލުނބޯގައި ހުންނަ ވަރުގަދަ އެންޓި ބެކްޓީރިއަލް އަދި އެންޓިފަންގަލް ޕްރޮޕަޓީޒްގެ ސަބަބުން ބަނޑުގައި ހުންނަ ނުބައި ބެކްޓީރިއާގެ މިންވަރު ބެލުމަށް އެހީތެރިވެދޭ އަދި ބަނޑުގައި ހުންނަ ޔީސްޓް ގެ މިންވަރު ދަށްކޮށްލުމަށް އެހީތެރިވެދެއެވެ.
ތިރީގައި މިހިމަނާލަނީ ބަނޑުގައި ވައިހެދި ފުފިފައި ހުރުމަށް ތައްޔާރުކޮށްގެން ބޭނުންކޮށްލެވިދާނެ ބުއިމެކެވެ.
- 3 ލުނބޯ ފޮތިކޮށް ކޮށާފައި (ތޮށްޓާއެކު)
- 3 ލޮނުމެދު ޗަސްކޮށްފައި
- ވާޖިނިއާ އޮއިލް
- މާމުއި
- ބިއްލޫރިފުޅިއެއް
ޗަސްކޮށްގައި ހުރި ލޮނުމެދާއި ލުނބޯ ފުޅިއަށް އަޅައި މޭޒުމަތީ ބޮޑު ސަމުސަލެއްގެ ފަސްސަމުސާ މާމުއި އެއަށް އަޅާށެވެ. ވާޖިން އޮއިލް ފުޅީގެ އެއްބަޔަށް ވާ ވަރަށް އަޅާލައި، ރަނގަޅށަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.
މަތިބަންދުކޮށް މެރިނޭޓް ވަންދެން 12 ގަޑިއިރު ބަހައްޓާށެވެ.
https://www.tiktok.com/@shaffagedazzleandshine/
ކޮންމެ ދުވަހަކުވެސް ދުވާލަކު ދެފަހަރު،ސަމުސަލެއް ބޭނުން ކުރާށެވެ.
ރައްކާތެރި ކުރުމަށް ފުރިޖް ކުރެވިދާނެއެވެ. ނޫނީ ރޫމްޓެމެޕްރޭޗަރ ގައިވެސް ބެހެއްޓިދާނެއެވެ. ހޫނުވެއަވީގައި ނުޖެހެންޏާ ރަނގަޅުވާނެއެވެ. ސަބަބަކީ މިއީ 3 ވަރަކަށް ލުނބޯ ވީމަ އެހާ ގިނަ ދުވަސްތަކެއް ނުވަނީސް ހުސްވެދާނެތީ ފްރިޖްނުކޮށް ފިނި ތަނެއްގައިވެސް ބެހެއްޓިދާނެއެވެ.
މިއީ ހަޖަމު ކުރުމުގެ މައްސަލައަށާއި ބަނޑުގައި ވައިހެދި ބަނޑު ފުފިފައި ހުރުމަށް ވަަރަށްވެސް ރަނގަޅު ފަރުވާއެކެވެ.
(މީގައި މިވާ ވީޑިޔޯއަކީ، އޭގެ ވެރިފަރާތުގެ ހުއްދައާއެކު، ހިއްސާކޮށްފައިވާ ވީޑިޔޯއެކެވެ. އޭގައި އެހެރީ މިބުއިން ތައްޔާރުކޮށްދޭނެ ގޮތް ބުނެދީފައެވެ.

