ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ މިދިޔަ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން 35 އިންސައްތަ ބޮޑު ކުރުމުން ކައުންސިލުގެ އިދާރީ އިސް މުވައްޒަފުންގެ މުސާރަ ލޯކަލް ކައުންސިލަރުންނާ އެއް ހަމަ ނުވަތަ އެއަށްވުރެ ބޮޑުވެފައި ވާތީ ކައުންސިލު މެންބަރުންގެ މުސާރައާއި އެލަވަންސަަށް 33 އިންސައްތައިގެ ކުރިއެރުމެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި ބަޖެޓު ކޮމެޓީއަށް ލަފާދޭން ލާމަރުކަޒީ ކޮމެޓީން ނިންމައިފި އެވެ.
ރަށު ކައުންސިލްތަކުގެ މުސާރައަށް ބަދަލުގެންނަން ލާމަރުކަޒީ ކޮމެޓީން ހުށަހެޅި ގޮތް:
ކައުންސިލް ރައީސް: އަސާސީ މުސާރައިގެ ގޮތުގައި 15400ރ. ލިވިން އެލަވަންސްގެ ގޮތުގައި 4600ރ. ފޯނު އެލަވަންސްގެ ގޮތުގައި 500ރ. އެޓެންޑެންސް ދުވާލަކަށް 225ރ. ގެ މަގުން މަހަކު 4500ރ. އެވެ. އެއީ އެކު ޖުމުލަ 25،000ރ މުސާރައިގެ ގޮތުގައި 11600ރ. ލިވިން އެލަވަންސަށް 3400ރ. ފޯނު އެލަވަންސް 500ރ. އެޓެންޑެންސް އެލަވަންސަށް 4500ރ. އެވެ. އެއީ އެކު ޖުމުލަ 20،000ރ. އެވެ.
ކައުންސިލް މެންބަރުން: އަސާސީ މުސާރައިގެ ގޮތުގައި 10،600ރ. ލިވިން އެލަވަންސަށް 2400ރ. ފޯނު އެލަވަންސަށް 500ރ. އެޓެންޑެންސް އެލަވަންސަށް 4500ރ. އެވެ. އެއީ އެކު ޖުމުލަ 18،000ރ. އެވެ.

