ރާއްޖޭގެ އަތޮޅު ތެރޭގެ ރަށްރަށުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދަވާފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
މުއާޒް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަައި ޕީއެންސީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކޯޗު ކެމްޕެއިން މެނޭޖަރެވެ.
އަދި ޕީޕީއެމްއެމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީގެ ކެންޑިޑޭޓެއް ނެެރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީވެސް މުއާޒްއެވެ. މުއާޒް ފެނަކަ އާއި ހަވާލުވި އިރު އެކުންފުނީގެ ހާލާތު ވަނީ ވަރަށްބޮޑަށް ގޯސްވެ ދަރަނިވެރިވެފައެވެ.
އެގޮތުން މަސައްކަތް ކުރުވާފައި ކުންފުނިތަކަށް ފައިސާ ނުދީ އަދި ރިޔާސީ އިންތިހާބާއި ދިމާކޮށް ކުންފުންޏަށް ބޭނުންނުވާ އަދަދަށް މުވައްނެގުން ފަދަ ކަން ކަން ކުރުމުގެ ސަބަބުން ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ކަން އިންތިގާލީ މަރުހަލާގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.
ސަރުކާރު ހިންގުމަށް ބޭނުންވާ ހުރިހާ ކުންފުނިތަކަށް މިހާރުވަނީ ވެރިން ހަމަޖައްސަވައި ނިންމާފައެވެ.

