ދައުލަތުގެ މުހިންމު އެއްކުންފުނި މޯލްޑިވްސް ޕޯޓް ލިމިޓެޑް ( އެމްޕީއެލް) އާ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމްއަށް އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ވަޖީހު އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެވެ.

ސަރުކާރު ހިންގުމަށް ބޭނުންވާ ކުންފުނިތަކަށް ވެރިން ހަމަޖެއްސުމަށް ޕީސީބީއަށް ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެމްޕީއެލްގައި ހޭދަކުރެއްވި ނުވަ އަހަރުގައި ވަނީ އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯކަން ވެސް ފުރުއްވައިފަ އެވެ.
އެމްޕީއެލްގެ ވަޒީފާއަދާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވާފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
ވަޖީހު ވަނީ އިނގިރޭސިިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީއިން އެމްބީއޭ ހާސިލުކުރައްވާފަ އެވެ.

