އައިއޯއެމް ސްރީލަންކާ އެންޑް މޯލްޑިވްސްގެ ހެޑް އޮފް އޮފީސް ޝަންތާ ކުލާސެކަރާ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމާން ވަހީދަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އެގޮތުން ލޭބަރ މައިގްރޭޝަން އާއި އިންޓެގްރޭޓެޑް ބޯޑަރ މެނޭޖްމަންޓް ސްޓްރެޓެޖީ، ޕޮއިންޓް އޮފް އެންޓްރީ ހިމެނޭ ގޮތަށް ބޯޑަރ ސެކިއުރިޓީ އިނިޝިއޭޓިވްސް އާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ.

ކޮންޓްރޯލާ ޖެނެރަލް ވަނީ ސީމްލޭސް ޓްރެވަލްގެ ދާއިރާއިން ރައީސްގެ ތަސައްވުރު ހާސިލް ކުރެއްވުމާއި، މި މައިލްސްޓޯން ހާސިލް ކުރުމަށް އިނޮވޭޓިވް ވިސްނުމާއި އެއްބާރުލުން ދިނުމުގެ ބޭނުންތެރިކަމަށް އަލިއަޅުވާލައްވާފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ގެ މަގާމަށް ޝައްމާން އައްޔަން ކުރިފަހުން އިމިގްރޭޝަނަށް ގެންނަމުންދާ ބަދަލުތަކާއި މެދު އާންމުން ދަނީ ހިތްހަމަޖެހުމާއި އެކު ޝުއޫރުތައް ފާޅުކުރަމުން ނެވެ.
އިމިގްރޭޝަންއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން "ސީމްލެސް ޓްރެވެލް" ގެ ޚިދުމަތް ފުޅާކުރުމަށް ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް "އިމުގާ ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު އުވާލައި، މިއަދުން ފެށިގެން ‘އީ-ގޭޓް’ގެ ޚިދުމަތް އަލުން ފެށުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ނިންމަވާފައެވެ.
‘އީ-ގޭޓް’ގެ ޚިދުމަތް މީގެ ކުރިން މެދުކެނޑިފައި އޮތީ ކޮވިޑް-19 ގެ ހާލަތާއެކުގައެވެ.
ނަމަވެސް، އަނެއްކާވެސް ދިވެހިންނަށް މި އޮޓޯ ގޭޓު ބޭނުންކޮށް އަމިއްލައަށް އިމިގްރޭޝަން ކްލިއަރެންސް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ‘އީ-ގޭޓް، އަކީ ވަރަށް ފަސޭހަ އިރުޝާދުތަކާއެކު އިމިގްރޭޝަން ކްލިއަރެންސް އެމީހަކު އަމިއްލައަށް ހޯދުމަށް ބަހައްޓާފައިވާ ގޭޓުތަކެކެވެ.

