ރާއްޖޭގައި އެންމެ ފަހުން ސިޓީ އަކަށް ބަދަލު ކުރި ގދ ތިނަދޫ ގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ޑީއެމްއެން މަރޓް ފިހާރައަށް ދިނުމާއެކު އެތަނުގެ ޚިދުމަތް 24 ގަޑިއިރު ދޭން ފެށުން ވެގެން ދިޔައީ މުޅި ހުވަދު އަތޮޅަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމަކަށެވެ.
ހުވަދު އަތޮޅުގެ ވިޔަފާރީގެ މައި ހަބު ކަމުގައިވާ ތިނަދޫ ސިޓީގެ ބަނދަރުން ފައިބައިގެން މިއުޒިއަމް ޕާކާ ދިމާލަށް ދާން އޮންނަ މަގުގައި ހުންނަ ޑީއެމްއެން މަރޓް އިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި އެ ފިހާރަ އަށް 24 ގަޑިއިރު ޚިދުމަތް ދޭން ފަށާފައި ވާއިރު މިވަގުތު ފިހާރަ ހުޅުވާ ފައި ބަހައްޓާ ޚިދުމަތް ދެނީ ރޭގަނޑު 3 ޖަހަން ދެނެވެ.
އޭގެ ފަހުގައި އިރުއަރާ 6 ޖަހަން ދެން ޚިދުމަތް ދޭނީ އޮން ކޯލް އަށެވެ. ނަމަވެސް ވަރަށް އަވަހަށް އެއްކޮށް ހުޅުވާފައި ހުންނާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

ތިނަދޫ ސިޓީ ގައި 24 ގަޑިއިރު ޚިދުމަތް ދޭން ފެށި ފުރަތަމަ ފިހާރަ ޑީއެމްއެން މަރޓް. ހުވަދޫ ފޮޓޯ އަޚްތަރު
ޑީއެމްއެން މަރޓް އަކީ ތިނަދޫ ގައި ފުޅާ ދާއިރާއެއްގަި ވިޔަފާރި ކުރާ ޑީއެމްއެން އިން ވަރަށް ފަހުން ހުޅުވި ތަނެކެވެ.
މިތަނުން ދުވަހުގެ ބޭނުން ތަކަށް ބޭނުންވާ ގިނަ ސާމާނުގެ އިތުރުން އާއްމު ދިރިއުޅުމުގައި ބޭނުންވާ ބައެއް ތަކެތި ލިބެން ހުރެ އެވެ. އޭގެ އިތުރުން ކޮފީ ފަދަ ބުއިންތައް ވަގުތުން ލިބެން ހުންނަ ކަން ފާހަގަ ކުރެވެއެވެ.

