ކުޅުދުއްފުށި ޕޯޓަށް 18 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
މިދުވަހާއި ދިމާކޮށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވަނީ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ. މިދަތުރުގައި ސީއީއޯ ވަނީ ކުޅުދުއްފުށީ ޕޯޓުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ.

އަދި ޕޯޓުގައި ހުރި މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެ އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސީއީއޯ ދެއްވިއެވެ.
ކުޅުދުއްފުށި ޕޯޓަށް 18 އަހަރު ފާހަގަކުރުމުގެ ގޮތުން ޕޯޓުގެ މުވައްޒަފުންނާއި އެކު ކުޅުދުއްފުށި ޕޯޓް ލިމިޓެޑް ( ކޭޕީއެލް ) ގެ މެނޭޖިން ޑިރެކްޓަރ އަދި އެމްޕީއެލްގެ ސީއީއޯ ވަނީ ދުވަހާއި ގުޅޭ ކޭކެއް ފެޅުމުގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
އަދި ސީއީއޯ ވަޖީހު ވަނީ ކުޅުދުއްފުށީގެ އެކިއެކި މުވައްސަސާތަކަށް ޒިޔާރަތް ކޮށް ވެރިންނާއި ބައްދަލުކޮށް ހާލަތު އޮޅުންފިލުވާފައެވެ.


