ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިންތިހާބުކޮށްފި އެވެ.
މިހާރު ކުރިޔަށްދާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ސެނެޓް ބައްދަލުވުމުގައި ބައިވެރިވި 103 ސެނެޓަރުންގެ އިއްތިފާގުން ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންތިޙާބު ކުރި އިރު ޑރ މުއިއްޒު އަކީ ޕީއެންސީގެ ރައީސެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވިދާޅުވީ، މިރޭ އޮންނަ ސެނެޓް ބައްދަލުވުމާއި އެކު ދެން ކުރިއަށް އޮތް އިންތިހާބު ތަަކަށް ޕީޕީއެމް/ޕީއެންސީ ގުޅިގެން ކުރެވޭ މަސައްކަތްތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރުކުރުވާލެވިގެން ގައުމީ ޖޯޝުގައި، ގައުމީ ވިސްނުމުގައި އެކު އެކީގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
“އޭގެ ނަތީޖާއަކަށް ވާނެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން، އެންމެން ޕީޕީއެމް/ޕީއެންސީ ގުޅިގެން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓިއާ ހަމައަށް އިރާދަކުރެއްވިއްޔާ، ކާމިޔާބު ކުރުން،”،
އެމަނިކުފާނު ވިދާޅުވީ، ގޮންޖެހުންތައް މިހާރުވެސް ހުންނާނެ ކަމަށާއި، ގޮންޖެހުންތައް އެބަ ހުރި ކަަމަށެވެ. އަދި ގޮޮންޖެހުންތަކަކީ ލިބޭނެ ކުރިއެރުމަށް ލިބޭނެ ހިތްވަރަކަށް ވާން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޖާގަ ތަނަވަސް އޮފީހެއް ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށެވެ.

