ގއ. ދެއްވަދޫ ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ނަޖްމީން ވެރިކަން ކުރާ މައި ޕާޓީ ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފި އެވެ،
ރައީސް ޑރ މުއިއްޒު ވެރިކަމަށް އިންތިޚާބުވި ފަހުން ޕީއެންސީއަށް މެމްބަރުން އިތުރުކޮށް، ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ކުރިޔަށް އޮތީ ޕީރައްޔިތުންގެ މަޖިލީހުގެ އިންތިހާބުކަމަށްވުމާއި އެކު ޕާޓީގެ ސިޔާސަތުތަކުގެ ދަށުން ހަރަކާތްތައް ފަށާފައިވާއިރު ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ޕީއެންސީއާއި ގުޅެމުންނެވެ.
ޕާޓީއަށް ސޮއި އިތުރު ކުރުމުގެ ތެރެއިން، ނަޒްމީން ޕީއެންސީއަށް ސޮއި ކުރައްވާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ، އޭނާގެ މެމްބަޝިޕް ފޯމާއި ޕީއެންސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޕީއެންސީގެ ސެނެޓު މެމްބަރ އަދި މާލެ ސިޓީ ކައުންސިލް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެކްޓިން މޭޔަރ އަހުމަދު ނަރީޝެވެ.
ޕީއެންސީން ބުނެފައި ވަނީ އުންމީދަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ރައްޔިތުންގެ ފަރާތުން ލިބޭ އިތުބާރު އިތުރުވުން ކަމަށެވެ.
ޕީއެންސީން މިހާރުވަނީ 25000 ފޯމް އިލެކްޝަން ކޮމިޝަނާއި ހަވާކުކޮށްފައެވެ. އަދި ވެރިފައި ކުރުމުގެ މަރުހަލާގައި ގިނައަދަދެއްގެ ފޯމް ހުރިކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
މިސަރުކާރުގެ ޔޫތު މިނިސްޓަރު އަސްވާޑް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކީވެސް ދެއްވަދޫ ބޭފުޅެކެވެ.
އަދި ޕާޓީއަށް ގިނަ ބަޔަކު ގުޅޭނެކަމުގެ އުންމީދާއި، ޔަގީންކަން އެބައޮތްކަމަށް ވެސް ވަނީ ބުނެފަ އެވެ.

