ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރާނެ ގޮތާއި އަދި ސަލާމަތްވާނެ ގޮތުގެ މައްޗަށް އެކުލެވޭ ޑްރިލްއެއް މިއަދު އެމްޕީއެލްގެ ސަރަހައްދުގައި ބާއްވައިފިއެވެ.
މިއީ އެމްޕީއެލް ސޭފްޓީ ޑިޕާރޓްމެންޓް އަދި ސެކިއުރިޓީ ޑިޕާރޓްމެންޓް އާއި އެމްއެންޑީއެފް ގުޅިގެން ބޭއްވި ހާއްސަ ތަމްރީނު ތަކެކެވެ.

މި ހަރަކާތުގައި އެމްޕީއެލްގައި ދިމާވާ އެކްސިޑެންޓް ތަކުން ސަލާމަތްވުމަށް ކޮންމެހެން ކުރެވިދާނެ ކަންކަމާއި އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ދެން އަމަލު ކުރާނެ ގޮތުގެމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. އަދި ޕޯޓަށް ދިމާވެދާނެ ކުއްލި ޙާލަތްތަކުގައި ސޭފްޓީ އަދި ސެކިއުރިޓީ ޑިޕާޓްމެންޓް ތަކުން އަމަލު ކުރާނެގޮތްތަށްވެސް މި ތަމްރީނުތަކުގައި މީގެ އިތުރުންވެސް އިތުރު ތަމްރީނުތަށްވެސް ހިމެނިގެންދިޔައެވެ.

އެންޕީއެލަކީ ކޮންޓެއިނާ މަސައްކަތްކުރާ ސަރަހައްދަކަށް ވެފައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މުވައްޒަފުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި މިއަދުގެ މި ހަރަކާތްތަކުގައި މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވަނީ ޕްރެކްޓިސް ހަރަކާތްތަކެއް ( ޑްރިލް) އެއް ބާއްވާފައެވެ.

އެމްޕީއެލްގައި ދޭތެރެ ދޭތެރެއިން ފުރާނައަށް ނުރައްކާތެރި ބައެއް ހާދިސާ ތައް ހިގާފައި އެބަހުއްޓެވެ.
މިއަދުގެ ހަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މުވައްޒަފުންނާއި މުހާތަބުކޮށް، އެމްޕީއެލްގެ ސެކިއުރިޓީއާއި ސޭފްޓީ ކަންކަމުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އަދި މުވައްޒަފުންގެ ހުރިދަތިތައް ވީިހާވެސް އަވަހަށް ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

