އިމާމުންނާއި ހަތީބުންގެ ޒުވާން ޖީލެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ތަޖުވީދުމަގަށް ގުރުއާން ކިޔަވާ ދަރިވަރުން އަދި މަތީތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ގްރޭޑް 10 ،11,12 ގައި ތައުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންނާއި އަދި ސްކޫލް ނިންމާފައިވާ ދަރިވވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާއި އެއްގޮތައް ރީތިކޮށް ގުރުއާން ކިޔަވައި ނަމާދުގެ ފިގުހު ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށް ރާއްޖޭގެ މިސްކިތްތަކުގައި އިމާމްވެ ހުކުރު ނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އަދި މިއީ ވަކި ހުއްދައެއް ނަގަންޖެހޭ ކަމެއްކަމުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީ އަށް ފޯމް ހުށަހެޅުމަށް ދަންނަވާކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ފެބްރުއަރީ 2024 ގެ 14:00 ގެ އިސްލާމިކް މިނިސްޓްރީ އަށް ފޯމް ހުށައެޅުއްވުމަށްޖެހޭނެއެވެ.
އިސްލާމިކް މިނިސްޓްރީން މި ނިންމުން ނިންމުމާއި ގުޅިގެން ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންދަނީ މިކަމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވަމުންނެވެ.

