ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއް ރަހީމް އަބްދުﷲ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަމަށް ކުރިމަތިލައްވާ ކަން އިއުލާނު ކޮށްފިއެވެ.
ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އަބްދުއް ރަހީމް ވިދާޅުވީ
2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި .ދާއިރާގެ ރައްޔިތުންގެ ތާއީދު އޭނާއަށް ދެއްވުމަށް ނުހަނު އިހްލާސްތެރި ކަމާއިއެކު އެދޭކަމަށެވެ.
2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ.ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތައީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާާއެކު އެދެމެވެ – އަބްދުއް ރަހީމް –
އަބްދުއްރަހީމް މީގެ ކުރިންވެސް ވަނީ ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލް ކުރައްވާފައެވެ.
ރާއްޖޭގައި އުފެދިގެން އައި ހުރިހާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އަބްދުއްރަޙީމް ފާހަގަ ވެގެން ގޮސްފައިވަނީ ކާމިޔާބު ސިޔާސީ ލީޑަރެއްގެ ގޮތުގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ޕީޕީއެމް ޕީއެންސީ ހިންގުމާއި ހަވާލުވެ ހުންނަވާމައި ކާމިޔާބު ކަމާއިއެކު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައެވެ.

