ރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ރައްޔިތުންގެ ވޯޯޓުން މީހުން އިންތިޚާބު ކުރާ އެއް މަޤްޞަދަކީ މެމްބަރެއް ތަމްސީލު ކުރާ ދާއިރާ އަށް ތަރައްޤީ އާއި ކުރިއެރުން ހޯދުން ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އިންތިޚާބުގެ ކެމްޕެއިން ތަކުގައި އެންމެ ބޮޑަށް އަޑު އުފުލަނީ ވެސް އެކަމަށެވެ. ނަމަވެސް،ކުރިމަތިލާ މީހާގެ ތޮބީޢަތުގައި އެފަދަ ރޫޙެއް، ފިކުރެއް ނެތުމުން ދާއިރާ ގޮނޑިތައް ފުރުސަތު ދެވޭނީ އެއާ މުޅިން އިދިކޮޅު ވިސްނުމެއްގެ މީހަކަށެވެ. ނަތީޖާ އަކަށް ވަނީ ރައްޔިތުންނާ ބީރައްޓެހި ،ދާއިރާ އަށް ކަމެއް ނުވެ 5 އަހަރު ބޭކާރު ވުމެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕީޕީއެމް ޕީއެންސީ ޕުރައިމަރީގައި ގދ ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ގދ ތިނަދޫ އަށް އުފަން، މިއުޒިކް ހޯމް، އިބްރާހިމް ޝަފްރާޒް (ޝައްޕެ) އަކީ އިސްވެ ދެންނެވި "ބޭނުންވާ ފިކުރު" ގެ ބޭފުޅެކެވެ. އެންމެ ކުޑައިރުއްސުރެވެސް "ރަށު ރޫޙު " ގެ ބޭފުޅެކެވެ.

ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ޑރ މުއިއްޒުގެ ދެ ކަނބަލުންނާއި އެކު ޝަފްރާޒް ގެ ދެކަނބަލުން
ތިނަދޫ ގައި ފާހަގައި އެކިއެކި މައްސަލަތައް ރަށު ކައުނަސިލާ ރައްޔިތުންގެ ސަމާލު ކަމަށް ގެ އައުމުގައި ސޯޝަލް މީޑިއާގައި މުހިންމު ދައުރެއް މިހާރުވެސް އަދާ ކުރެއްވުމުގައި އުޅުއްވާ ޝަފްރާޒް ސިޔާސީ ކަންކަމައް ނުކުންނެވީ 2009 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ތެރެއިން ނެވެ. ނަމަވެސް 2013 ގައި އުފެދުނު ޕީޕީއެމް ގެ ވެރިކަމުގައި ތިނަދޫ އަށް އައި ތަރައްޤީ ލޮލުން ދެއްކި އަތުން ހިފަމުން އޭރުގެ ސަރުކާރަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ލަސް ކަރުގެ ތެރެއަށް ވެންނެވީއެވެ. އޭގެ ފަހުން އޭނާ ފެނި ވަޑައިގަތީ ޕީޕީއެމްގެ އެކި ރެލީ ތަކުގައި މީޑިއާ ލައިވް ކަވަރު ކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ކެމެރާ ނުވަތަ މަންޒަރުގެ ފުރަގަހުންނެވެ. ނަމަވެސް ޕާޓީގެ ބައެއް ކަންކަމުގައި މުހިންމު ރޯލެއް އަދާ ކުރެއްވި އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނު ކަމަކީ 2019 ގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަށް އިންތިޚާބު ކާމިޔާބު ކުރެވޭތޯ ކުރެއްވި ކެމްޕޭނެވެ.

2013 ގަ ރައީސް ޔާމީން ގެ ކެމްޕެއިން ގައި ޝަފްރާޒް
ގދ ތިނަދޫ ގައި އެންމެ ފުޓުބޯޅަ ކުޅުންތެރިން ގެ ތެރޭގައި މިހާރުވެސް ގުނާލެވޭ އަދި އެ ރޮނގުން ރަށަށް ރީތި ނަން ލިބުމުގައި އެންމެ މުހިންމު އެއް ދައުރެއް ކުޅުއްވި ޝަފްރާޒް ، ދަނޑު މަތީގެ މަޝްހޫރު ނަމުން ނަމަ ޝައްޕެ އަކީ ޑރ މުއިއްޒު އަށް ކެމްޕޭން ކުރެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. ޕީޕީއެމް ޕީއެންސީ ގެ އިވެންޓްތައް ސޯޝަލް މީޑިއާ އަށް ފެތުރުމަށް އަވަދި ނެތި އުޅުއްވިތަން ފެނުނެވެ.
ރަށުގެ ޒުވާނުން އަދި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުންނާއި އާދަޔާ ޚިލާފު ގާތް އެކުވެރި ކަމެއް ބާއްވަވާ، އެންމެންނާ ގުޅޭ ޝައްޕެ މިހާރު އަވަދިނެތި އުޅުއްވަނީ މަޖްލިސް ގޮނޑިއަށް ކެމްޕެއިން ކުރެއްވުމުގައެވެ.

ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމު އަލީ ސައީދު އާއި އެކު ޝަފްރާޒް
ޕީޕީއެމް ޕީއެންސީ ކެނޑިޑޭޓެއްގެ ގޮތުގައި ތިނަދޫ އުތުރު ދާއިރާ ގެ ޓިކެޓު ލިބި ލައްވާތޯ އެ މަސައްކަތް ކުރެއްވުމުގައެވެ. އޭ ދާއިރާ އަށް ޒުވާން ފިރިހެން ބޭފުޅެއްގެ ގޮތުގައި ހަމަ އެކަނި ވާދަ ކުރައްވާ ޝަފްރާޒް އާއި ވާދަ ކުރެއްވުމަށް ދެން ތިއްބެވި ބޭފުޅުންނަކީ މިހާރުވެސް ތިނަދޫ ކައުނަސިލްގެ މެމބަރެއްގެ ގޮތުގައި ހުންނެވި ޢާއިޝަތު ލިއުޝާ ޒުބައިރު ، ޕީޕީއެމް ޕީއެންސީ ޖޮއިން ސެނެޓް މެމްބަރ ސޫދާ އަބްދުﷲ ގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

އިބްރާހީމް ޝަފްރާޒް ، ޑރ މުއިއްޒު ގެ ކެމްޕެއިން ގައި މީހަކަށް މެނިފެސްޓޯ ކިޔައި ދެެއްވަނީ
4 ކެންޑިޑޭޓުން މެދުގައި ބާއްވާ ތިނަދޫ އުތުރު ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވާ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވި ޝަފްރާޒްގެ އެންމެ ބޮޑު އުންމީދަކީ މީގެ ކުރިން މެމބަރެއްގެ ފަރާތުން ތިނަދޫ އަށް ދެއްވާފައި ނުވާ ސަމާލުކަން ދެއްވާ ރަށަށް އިޖްތިމާޢީ، އިޤްތިޞާދީ، އަދި ޢުމްރާނީ ގޮތުން ބޮޑު ތަރައްޤީ ގެންނެވުމެވެ.

ޕީޕީއެމް ގެ މަގުމަތީ ރިލޭއެއްގައި ޝަފްރާޒް
ތިނަދޫ ގެ ރޫޙު ހުންނެވި، ރަށު ރައްޔިތުންގެ އިޙްސާސް ދެނެލައްވާ ޒުވާނެއްގެ ގޮތުގައެވެ."ޕްރޯ މޯލްޑިވިއަނެއް" ގެ ގޮތުގައެވެ. "ޕްރޯ ތިނަދުއަނެއް"ގެ ވިސްނުމުގައެވެ.

