ހދ.ކުޅުުއްފުށިން ފައިލޭރިޔާ އަށް އިތުރު ދެ ބިދޭސީއަކު ޕޮސިޓިވްވެ މީގެކުރިން ފެނިފައިވާ ފައިލޭރިޔާ ޖެހިފައިވާ 17 ބިދޭސީންނާއި އެކު އެރަށުން ފައިލޭރިޔާ ޖެހިފައިވާ މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.
މި ފަރާތްތަކަކީ މިހާރު ވެސް ފައިލޭރިޔާ ފެންނަމުންދާ ޤައުމަކުން އައިސްފައިވާ ބައެއް ކަމަށްވެސް އެ އެޖެންސީއިން ބުނެއެވެ.
ފައިލޭރިޔާ ޖެހިފައިވާ ބަޔަކު އެރަށުން ފުރަތަމަ ފެނުނީ ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
ފައިލޭރިޔާ އަކީ އާއްމުކޮށް ހަޑި ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ ބައްޔެކެވެ. މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ. އަދި ބަލިޖެހޭތާ ގިނަ ދުވަސްތަކަކަށްފަހު ހުންއައުމާއި ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ބަލިމީހާގެ ކިބައިން ފެނެއެވެ.

